Advertisement
ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 11:21
ރައީސް ސާލިހު މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
ރައީސް ސާލިހު މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސްގެ ހއ ދަތުރުފުޅު
ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން، އެކަން ބަދަލުކުރަން ޖެހޭ - ރައީސް
ރައީސް ވިދާޅުވީ މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުތީ ވެރިކަންތައް ބަދަލުކުރަން ކަމަށް
މިހާރު ޕާޓީގެ ތެރެއިންވެސް ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
އޭޓީއެމްގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި

ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާތެއް ނޫންކަމަށާއި, އެކަން ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ހއ. މާރަންދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުތީ ވެރިކަންތައް ބަދަލުކުރަން ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައި ވާކަމަށާއި މިހާރު ނުކުންނަނީ ވެރިކަން ދިފާއުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ޕާޓީގެ ތެރެއިންވެސް ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ވެރިކަމުގައި ތިބެންވެސް އެމްޑީޕީން ދަސްކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަބަދު ސަރުކާރު ބަދަލުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭން ފެށި ކަންކަން ނިންމުމަށް އެކުގައި ތިއްބެވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

Advertisement

2008 ވަނަ އަހަރު މާރަންދޫއިން އެމްޑީޕީއަށް ލިބުނީ 17 ވޯޓު ކަމަށާއި، 2018 ވަނަ އަހަރު އެ ރަށުން %58 ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށް ދަނީ ބަދަލުވަމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަން އެހެންވީ ސަރުކާރުން ވެފައިވާ ފުއްދަމުންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމާއި، ސިއްހީ މަރުކަޒުގައި ލެބެއް ގާއިމްކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް