ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 07:13
ސްޕޭންގެ އެލެކްޒިއާ ޕުޓެޔާސް
ސްޕޭންގެ އެލެކްޒިއާ ޕުޓެޔާސް
ގޫގުލް
އަންހެނުންގެ ވޯލްޑްކަޕް
އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
ވޯލްޑްކަޕާ ކުރިމަތިލާއިރު ސްޕޭން އުއްމީދު ކުރަނީ ޕުޓެޔާސް މޮޅަށް ކުޅޭނެ ކަމަށް

އެލެކްޒިޔާ ޕުޓެޔާސް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެވެ. ބާސެލޯނާ އާއި ސްޕޭނުގެ ކެޕްޓަން ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވިދިވިދިގެން ދެ ފަހަރު ފާއިތުވެދިޔަ ދެ އަހަރު ކާމިޔާބުކޮށްފަ އެވެ. ބެލޮންޑީއޯ އެވޯޑް ދެ ފަހަރު ހާސިލްކުރި ހަމައެކަނި ކުޅުންތެރިޔަކީ އޭނާ އެވެ. މިހެންވެ ބާސެލޯނާގެ ސަޕޯޓަރުންގެ ތެރޭގައި އޭނާގެ ނަމަކީ "އަހަރުމެންގެ ރާނީ" އެވެ.

ނަމަވެސް ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް 2022 ވަނަ އަހަރުގެ ޔޫރޯ އާއި ސީޒަނުގެ ބޮޑުބައެއް ގެއްލުނެވެ. މިއީ ސްޕޭނުން ގަބޫލުކުރާ ގޮތުގައި ޔޫރޯ ކާމިޔާބު ނުކުރެވުނު މައިގަނޑު އެއް ސަބަބެވެ. ޕުޓެޔާސް ފިޓްވެ، އަލުން ކުޅެން ނުކުތް ނަމަވެސް އޭނާ ވޯލްޑްކަޕާ ކުރިމަތިލަނީ ކުރީގެ ފޯމަށް އައުމުގެ ދަތުރުގެ ތެރެއިންނެވެ.

ޕުޓެޔާސް އަކީ އޭނާ ފިޓްކޮށް ހުރެފިނަމަ ޓީމުގެ އެންމެ ނުރައްކާ ކުޅުންތެރިޔާ އެވެ. ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު އޭނާ އަށް މިހާރު މަދުވަނީ ވޯލްޑްކަޕް ފަދަ ބޮޑު މުބާރާތެއްގެ ތައްޓެވެ. ސްޕޭނުގެ ގައުމީ ކޯޗާ މައްސަލަ ޖެހިގެން ބައެއް ކުޅުންތެރިން މި ފަހަރުގެ މުބާރާތަށް ސަސްޕެންޑްކޮށްފައިވުމާއެކު ޕުޓެޔާސް އަކީ ޓީމުގައި ކުރިއަށްވުރެ މުހިންމު ދައުރެއް އަދާކުރަންޖެހިފައިވާ ކުޅުންތެރިއެކެވެ.

ކުޅުންތެރިން ކައިރީގައި އަހަރެން އަބަދުވެސް ބުނަން ބޯޅަ ހިފައިގެން ހަނދާނެ ގޮތް ހުއްވެއްޖެނަމަ އަވަހަށް ޕުޓެޔާސް އަށް ބޯޅަ ޕާސްކޮށްލުމަށް. އެނާ އަށް ގޮތެއް ހުހެއްނުވާނެ. އޭނާ އަކީ އަބަދުވެސް އެންމެ ރަނގަޅު ޑިސިޝަން ނަގާ ކުޅުންތެރިޔާ
ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް ކޯޓެސް
ސްޕޭންގެ އެލެކްޒިއާ ޕުޓެޔާސް - ގޫގުލް

އަންހެނުންގެ ފުޓްބޯޅަ ކަވަރުކުރާ ނޫސްވެރިޔާ އާސިފް ބުރުހާން ޕުޓެޔާސްއާ ބެހޭ ގޮތުން ލިޔެފައިވަނީ މިހެންނެވެ. "އޭނާ މިކަމަށް ބަހައްޓާ ފަރުވާތެރިކަމާއި އަހަންމިއްޔަތުގެ ކަމުގެ ސަބަބުން އަންހެން ކުޅުންތެރިންނަށް މިސާލެއް ދައްކައިދީ އެހެން މީހުން ދެކޭ ގޮތް ބަދަލުވެއްޖެ،" ކަމަށެވެ.

ބާސްކެޓްގެ އާއިލާއަކަށް އުފަވި ޕުޓެޔާސް ބާސެލޯނާ އަށް ކުޅޭއިރު އެކުލަބުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އަންދްރޭސް އިނިއެސްޓާ އާއި ރޮނާލްޑީނިއޯ އަދި ރިވާލްޑޯ އަކީ އޭނާ ނަމޫނާ އަކަށް ބަލާ ކުޅުންތެރިންނެވެ. އޭނާ އަކީ މިހާރު ނައިކީ ކުންފުނީގެ އެމްބެސެޑަރެކެވެ. އޭނާ އަކީ ސްކޫލް ދައުރުން ފެށިގެން ކުޅިވަރުގައި ލީޑަރޝިޕް ދައްކަމުން އައި ކުޅުންތެރިއެކެވެ. ބާސެލޯނާގެ ކޭމްޕް ނޯގައި އެންމެ ދުރުން ގޯލެއް ޖެހި އަންހެން ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެއީ 100 މީޓަރު ދުރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް