ކ. މާލެ
|
19 ޖުލައި 2023 | ބުދަ 18:12
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އެއް ކެންޑިޑޭޓަކު ނެރުން
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
 
ޔާމީންއަކީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓްކަމުގައި ހަމަޖެއްސެވުމަކީ ޕީޕީއެމް/ޕީއެންސީން އެދޭގޮތް
 
މީގެ ކުރިން ޖޭޕީން ދިން ދައުވަތު ގަބޭލުކޮށް އެމްއާރްއެމްއިން ސިޓީ ފޮނުވި ނަމަވެސް އެއަށް ވަކި ޖަވާބެއް ދީފައިނުވޭ

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީއާއި އެމްއާރްއެމްއިން ރައްދުދީފިއެވެ.

ބުދަ ދުވަހުގެ މ. ކުނޫޒުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ބައްދަލުކުރައްވާފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް އޮތްތޯ ބެލުމަށް ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ވަޑައިގެންނެވިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ޕީޕީއެމްއާއި އެމްއާރްއެމްއާ ވެސް މަޝްވަރާކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްއާރްއެމްއިން ބުނީ މީގެ ކުރިން ޖޭޕީން ދިން ދައުވަތު ގަބޭލުކޮށް ސިޓީ ފޮނުވި ނަމަވެސް އެއަށް ވަކި ޖަވާބެއް ދީފައިނުވާ ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް އެމްއާރްއެމްއިން ބުނެއެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ ކެންޑިޑޭޓްކަމުގައި ހަމަޖެއްސެވުމަކީ ޕާޓީން އެދޭ ގޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
67%
17%
0%
17%
0%
0%
ކޮމެންޓް