1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަ ނުވަ ލައްކަ ނުވަހާސް ފަސްސަތޭކަ) ރުފިޔާއެވެ.
މި ފައިސާ ފަގީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 (ހަތްހާސް ހަސަތޭކަ ފަންސާސް ހަތެއް) މީހުންނަށް، ބޮލަކަށް 3500 (ތިންހާސް ފަސްސަތޭކަ) ރުފިޔާގެ ރޭޓުން ވަނީ 18 ޖުލައި 2023ގައި، އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.
މުދަލު ޒަކާތުގެ ނިސާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ވަނީ ބަދަލުވެސް އައިސްފައެވެ. 30 ޖަނަވަރީ 2023 (08 ރަޖަބް 1444)ން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ފަސް ލާރި)އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު:
- 2019 - 70.515.176.40 ( ހަތްދިހަ މިލިއަން ފަސް ލައްކަ ފަނަރަ ހާސް އެއްސަތޭކަ ހަތްދިހަ ހަރުފިޔާ ސާޅީސް ލާރި)
- 2020 - 60.805.348.39 (ފަސްދޮޅަސް މިލިއަން އަށްލައްކަ ފަސްހާސް ތިންސަތޭކަ ސާޅީސް އަށްރުފިޔާ ތިރީސް ނުވަލާރި)
- 2021 - 91.517.285.26 ( ނުވަދިހަ އެއް މިލިއަން ފަސްލައްކަ ސަތާރަ ހާސް ދުއިސައްތަ އައްޑިހަ ފަސް ރުފިޔާ ސައްބީސް ލާރި)
- 2022 - 92.120.926.52 ( ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހިހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ފަންސާސް ދެ ލާރި)