Advertisement
ކ. މާލެ
|
19 ޖުލައި 2023 | ބުދަ 13:20
ރައީސް ތުރާކުނު ކުޑަކުދިންގެ ޕާކް ހުޅުއްވައިދެއްވާ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވަނީ
ރައީސް ތުރާކުނު ކުޑަކުދިންގެ ޕާކް ހުޅުއްވައިދެއްވާ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވަނީ
ރާއްޖެއެމްވީ
ތުރާކުނު ތަރައްގީ
ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް، ރައީސް ހުޅުއްވައިދެއްވައިފި
ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގައެވެ. ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ.

މިމަސައްކަތް ކުރައްވާފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

Advertisement

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

Advertisement

Advertisement
- ކޮމެންޓް