18/30 ކްލެސިކް މުބާރާތުގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
6-1 ން މީރާ ރެކްރިއޭޝަން ކްލަބް ބަލިކޮށް, ޔޫތު މިނިސްޓްރީން ފެށީ ބޮޑު މޮޅަކުންނެވެ. މެޗުގައި ޔޫތު މިނިސްޓްރީގެ މަރިޔަމް ރަޝާދާއި, ސަދާ އަންވަރު ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އައިޝަތު ނަހުމާ ރަޝީދުއާއި, އަރީޝާ ރިޒާއެވެ. މޮޅު ކުޅުންތެރިއަކީ އަރީޝާއެވެ. މީރާގެ ހަމައެކަނި ލަނޑު ޖެހީ އައިމިނަތު ނާއިފާއެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މިގްރޫޕްގެ ފުރަތަމަ މެޗު ހުޅުމާލެ ހޮސްޕިޓަލާ ވާދަކޮށް 12-0 ން ޕްރިޒަން ކްލަބް ވަނީ ކާމިޔާބުކޮށްފައެވެ.
ވެމްކޯ މެޗު ކާމިޔާބުކުރީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީއާ ވާދަކޮށް 3-1 ނެވެ. ވެމްކޯގެ ތިން ލަނޑު ޖެހީ ސަފިއްޔާ ރަފާއާއި, ފަޒުލާ އިބްރާހީމްއާއި, އާމިނަތު ޝުދާއެވެ. އެމްއޭސީއެލްގެ ލަނޑު ޖެހީ އާޒިނާ މަތީންއެވެ. މިގްރޫޕްގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އައިޖީއެމްއެޗް ކްލަބެވެ. އެއީ އެމްޕީއެލްއާ ވާދަކޮށް 2-0 ނެވެ.