ކ. މާލެ
|
19 ޖުލައި 2023 | ބުދަ 11:08
ހޯރަފުށީ ކައުންސިލްގެ ރައީސް
ހޯރަފުށީ ކައުންސިލްގެ ރައީސް
އެމްޑީޕީ
ރައީސް ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ރައީސް ޞާލިހު ނޫން އެހެން ކެނޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް: ހޯރަފުށީ ކައުންސިލް ރައީސް
 
މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް އެ ރަށުގެ ރައްޔިތުން މިއަދު ރައީސަށް ސެލިއުޓް ކުރޭ
 
ހޯރަފުށީގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް މިސަރުކާރުން ވަނީ އުފައްދާފައި
 
ހޯރަފުށީ ރައްޔިތުންނަށް ފުދުންތެރި އުފާވެރި، ދިރިއުޅުމެއް ހޯދައިދިނުމުގެ މަގު މި ސަރުކާރުން ފަހިކޮށްދީފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނޫން އެހެން ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް، ތިލަންދުންމަތީ އުތުރުބުރިއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ހޯރަފުއްޓައި ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުޙައްމަދު ވަހީދު ވިދާޅުވީ މުޅި ރާއްޖެއަށް ވެސް ހަގީގީ ތަރައްގީ ގެނެސްދެއްވަނީ ރައީސް ސާލިޙު ކަމަށެވެ. އަދި ހޯރަފުއްޓަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް އެ ރަށުގެ ރައްޔިތުން މިއަދު ރައީސަށް ސެލިއުޓް ކުރާ ކަމަށާއި މިވަރުގެ ހެޔޮ ވެރިކަމެއް މިހާތަނަށް ދެކެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯރަފުއްޓަށް އަދިވެސް ތަރައްގީ ބޭނުންވާކަން ފާހަގަކުރައްވައި މުޙައްމަދު ވަހީދު ވިދާޅުވީ އެކަން ކުރެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޞާލިހު ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފައްދާފައިވާ ކަމަށާއި އެ ރަށުގެ ރައްޔިތުންނަށް ފުދުންތެރި އުފާވެރި، ދިރިއުޅުމެއް ހޯދައިދިނުމުގެ މަގު މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަށުގެ ތަރައްގީގެ ހަގީގީ ބާނީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއޭ. ދެބަސްނުވެވި އެއްބަސްވާން ޖެހޭ ހަގީގަތަކީ ހޯރަފުށީގެ ތަރައްގީއާއި ކުރިއެރުމަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއޭ. ހެޔޮ ހިތުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މަނިކުފާނު ނޫން އެހެން ކެންޑިޑޭޓަކަަށް ވޯޓު ދޭން ޖެހޭ އެހެން އެއްވެސް ސަބަބެއް ނެތޭ،
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު

މުޙައްމަދު ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފުރަތަމަ އެއަރޕޯޓު ކަމަށްވާ، ހޯރަފުށީ އެއަރޕޯޓުގައި މިހާރު ނައިތްލައިޓް ހަރުކޮށް ވަރަށް އަވަހަށް ރޭގަނޑުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ. އަދި މިހާރު ރަށުގެ ރައްޔިތުން ބޭނުންވަނީ އެ އެއަރޕޯޓު ބައިނަލްއަގުވާމީ އެއަރޕޯޓަކަށް ހަދައިދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގައި ގާއިމް ކުރާ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތްވެސް ނިމި ވަރަށް އަވަހަށް ހުޅުވޭނެ ކަމަށާއި މީގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެކަން މުޙައްމަދު ވަހީދު ފާހަގަކުރެއްވިއެވެ.

ރައީސް ހއ. އަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތް ކުރައްވާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާއިރު ބައެއް ރަށްރަށުގައި މި ސަރުކާރުން ކުރިއަށްގެންގޮސް، ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި