Advertisement
ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 21:14
ޒަކާތް ބަލައިގަތުން ކުރިއަށްދަނީ
ޒަކާތް ބަލައިގަތުން ކުރިއަށްދަނީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުދަލު ޒަކާތުގެ ގޮތުގައި 26.7 މިލިއަން ރުފިޔާ ޖަމާކޮށްފި
ފަގީރުންގެ ލިސްޓުގައި މިއަހަރު ހިމެނޭ 7657 މީހުންގެ ތެރެއިން ބޮލަކަށް ޖެހެނީ 3500 ރުފިޔާ

1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފަގީރުންގެ ލިސްޓުގައި މިއަހަރު ހިމެނޭ 7657 މީހުންގެ ތެރެއިން ބޮލަކަށް ޖެހެނީ 3500 ރުފިޔާއެވެ. މި ފައިސާ އެ ފަރާތްތަކަށް އެކައުންޓުތަކަށް އަންގާރަ ދުވަހު ޖަމާކުރެވިފައިވާ ކަމަށް ވެސް މިިސްޓްރީން ބުންޏެވެ.

Advertisement

މިއަހަރުގެ މެއި މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

ނިސާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ، އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެގޮތުގައި ދެއްކުމަކީ ދީނީގޮތުން ވާޖިބެކެވެ. އަހަރުގެ ތެރޭގައި ކޮންމެ ދުވަހެއްގައި މި ޒަކާތް ދެއްކޭނެއެވެ. މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ ރިހީގެ އަގުން އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 7،312.55 (ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ، ފަންސާފަސް ލާރި) އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް