ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 18:32
 އޭޝިއާ ޔޫތު މުބާރާތުގެ ސެމީ ފައިނަލްގައި އަހްނާ ދުވަނީ
އޭޝިއާ ޔޫތު މުބާރާތުގެ ސެމީ ފައިނަލްގައި އަހްނާ ދުވަނީ
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
އަހްނާ ވަނީ 25.73 ގެ ޓައިމިން އަކުން ރޭސް ނިންމާފައި

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އަހްނާ ނިޒާރު 200 މީޓަރުގެ ޔޫތު ޤައުމީ ރެކޯޑު އައު ކޮށްފި އެވެ.

މި ރެކޯޑު އަހްނާ އައު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ 25.73 ގެ ޓައިމިންގ އަކުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވެސް އަހްނާ އަތުގަ އެވެ. އެއީ މިދިޔަ އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. އެ ފަހަރު އަހްނާ ރޭސް ނިންމައިފައި ވަނީ 25.77 ގެ ޓައިމިންގ އަކުންނެވެ.

ޒުވާން އެތުލީޓު ވަނީ މި ފަހުން ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އުޒްބެކިސްތާނުގެ ޓަޝްކެންޓްގައި އޮތް އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކޮށް އަހްނާ ވަނީ 100 މީޓަރު ޔޫތު ދުވުމުގެ ރެކޯޑު މުގުރާލައިފަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ދުވެ އަހްނާ ރެކޯޑު ހެދީ 12.50 ގެ ޓައިމިންގ އަކުންނެވެ. އެ ރެކޯޑު ކުރިން އޮތީ މަރިޔަމް ރޫޔާ އަލީ އަތުގަ އެވެ.

- ކޮމެންޓް