ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 08:18
މެންޗެސްޓާ ސިޓީއަށް ބަދަލުވި ކައިލީ ވޯކާ
މެންޗެސްޓާ ސިޓީއަށް ބަދަލުވި ކައިލީ ވޯކާ
ޓްވިޓަރ
ކައިލީ ވޯކާ
ޓޮޓެންހަމްގެ ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި
ވޯކާ ސިޓީއަށް ބަދަލުވީ 45 މިލިއަން ޕައުންޑަށް
ވޯކާ ސިޓީއަށް ބަދަލުވީ ފަސް އަހަރު ދުވަހަށް

ޓޮޓެންހަމް އަށް ކުޅެމުން އައި ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ވޯކާ ސިޓީއަށް ބަދަލުވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 45 މިލިއަން ޕައުންޑަށެވެ.

ސިޓީއަށް ބަދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވޯކާ ބުނީ އެޓީމު ޖޯޒީގައި ކުޅެން ކެތްމަދުވެފައިހުރި ކަމަށާއި، އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗުކަމަށްވާ ޕެޕް ގާޑިއޯލާގެ އެހީތެރިކަމާއެކު އިތުރު ލެވެލްއަކަށް ދިޔުމަށްވެސް ކެތްމަދުވެފައި ހުރި ކަމަށެވެ.

ވޯކާ އަކީ ކުރިޔަށް އޮތް ސީޒަނަށް އެޓީމަށް ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެޓީމަށް ވަނީ ޕޯޗުގަލްގެ ޕްލޭމޭކާ ބެނާޑޯ ސިލްވާ އަދި ބްރެޒިލްގެ ގޯލު ކީޕަރު އެޑަސަންވެސް ގެނެސްފައެވެ.

ޝެފިލްޑް ޔުނައިޓެޑުން ކެރިޔަރު ފެށި ވޯކާ ޓޮޓެންހަމް އަށް ބަދަލުވީ 2009 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބުގައި 8 ސީޒަން ހޭދަކޮށް ކުޅުނު 228 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހުރެ ޝެފިލްޑް ޔުނައިޓެޑް، ކުއީންސް ޕާކް ރޭންޖާސް އަދި އެސްޓަން ވިލާ އަށް ލޯން އެއްބަސްވުމެއްގެ ދަށުންވެސް ކުޅެފައެވެ.

އިންގްލޭންޑް ގައުމީ ޓީމަށް 27 މެޗު ކުޅެފައިވާ ވޯކާ ވަނީ 2011 ވަނަ އަހަރު އޮތް ޔުއެފާ ޔޫރޯގެ ޓީމް އޮފް ދަ ޓޯނަމަންޓްގައިވެސް ހިމެނިފައެވެ. މީގެއިތުރުން އޭނާ ވަނީ ޕީއެފްއޭގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު 2011 ވަނަ އަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް