ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 07:57
އާސެނަލްގެ ކޯޗު އާސެން ވެންގާ (ކ) އަދި ފޯވާޑް އެލެކްސަސް ސަންޗޭޒް (ވ)
އާސެނަލްގެ ކޯޗު އާސެން ވެންގާ (ކ) އަދި ފޯވާޑް އެލެކްސަސް ސަންޗޭޒް (ވ)
ގޫގުލް
އެލެކްސަސް ސަންޗޭޒް
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
ސަންޗޭޒްއާ ޓެކްސްޓް މެސެޖްގެ ޒަރިއްޔާއިން ވާހަކަދެއްކިން
ސަންޗޭޒް ވަނީ މުޅި ސީޒަނުގައި ކުޅެ ވަރުބަލިކޮށް ނިންމާލާފައި

އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް އެއްބަސްވުން އާކުރާނެ ކަމުގެ އުންމީދު ލިބިއްޖެ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ސަންޗޭޒްއާ ޓެކްސްޓް މެސެޖްގެ ޒަރިއްޔާއިން ވާހަކަދެކެވިފައިވާ ކަމަށާއި، އެއްބަސްވުން އާކުރާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ.

ވެންގާ ބުނީ ސަންޗޭޒްފަދަ ކުޅުންތެރިންނަކީ މުޅި ސީޒަނުގައި ކުޅެ ވަރުބަލިކޮށް ނިންމާލި ކުޅުންތެރިން ކަމަށާއި، އަދި އެއަށްފަހު ކޮންފެޑެރޭޝަންސް ކަޕްގައިވެސް ކުޅެފައިވާ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންނަށް ރަނގަޅަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސިޓީގެ އިތުރުން ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ބަޔާން މިއުނިކްވެސް ހިމެނެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު ދެ އެފްއޭކަޕްގެ އިތުރުން ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެގައުމުގެ ސީނިއާ ޓީމާއެކު ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް