ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 07:53
"ނޯޓީ ފޯޓީ" ގެ ޕޯސްޓަރ
"ނޯޓީ ފޯޓީ" ގެ ޕޯސްޓަރ
ފޭސްބުކް
ނޯޓީ ފޯޓީ
"ނޯޓީ ފޯޓީ" ގެ ޓްރެއިލާ ނެރެފި
ފިލްމު ސިނަމާއަށް އަންނާނީ އޮގަސްޓު 2 ވަނަ ދުވަހުގައި

"ނޯޓީ ފޯޓީ" ގެ ޓްރެއިލާ ހުކުރު ދުވަހުގެރޭ ނެރެފިއެވެ.

ޓްރެއިލާ ނެރެފައި ވަނީ އެކަމަށް އޮލިމްޕަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

"ނޯޓީ ފޯޓީ" ގެ ބައެއް ތަރިން ބައިވެރިވި މި ރަސްމިއްޔާތުގައި ފިލްމުގެ ޑައިރެކްޓަރ އިސްމާއިލް ޝަފީގު ބުނީ މި ފިލްމު ހަދަން ގަސްތު ކުރީ އޭނާގެ ކުރީގެ ފިލްމު "ބައިވެރިޔާ" އަށް އައި ކޮމެންޓްސްތަކަށް ބެލުމަށްފަހު އެއަށް ލިބުނު ތަރުހީބުން ކަމަށެވެ.

މިއީ މި ފިލްމުގެ ޕްރޮޑިއުސަރ ނިއުމާ މުހައްމަދު އަދި އިސްމާއީލް ޝަފީގު އެކުގައި އުފައްދާ ދެ ވަނަ ފިލްމެވެ. ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ.

ނޯޓީ ފޯޓީގައި ޔޫއްޕެ، ނިއުމާ، ސީޒަން، އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ ފޯޓީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.

މީގެ އިތުރުން މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ (އަޒޫ)، އިބްރާހިމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) ވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބާއި ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން އަހުމަދު ޝަރީފް އަދި ގުލިސްތާނު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް އާ ދެތަރިންނެވެ.

"ބިގެސްޓް މޫވީ އޮފް ދަ އިޔާ" ގެ ހޭޝްޓެގް ބޭނުންކޮށްގެން ޕްރޮމޯޓު ކުރާ "ނޯޓީ 40" އަކީ ވަރަށް ގިނަ ރަހަތަކެއް އެކުލެވިގެންވާ ފިލްމަކަށް ވާނެކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

 

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 2 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް