ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 12:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއު
ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފެށިގެންދާނެ: ރައީސް
 
ޕިކްނިކް އައިލެންޑްވެސް ލަސްތަކެއްނުވެ ނިމޭނެ
 
އެ އަތޮޅުގައި ވައިގެ ދަތުރުފަތުރުވެސް ފެށިގެންދާނެ
 
މަޝްރޫއުގެ ތަފްސީލު ރައީސް ދެއްވާފައެއް ނުވޭ

ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވ. ކެޔޮދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ވ. އަތޮޅަކީ މަދު މީސްކޮޅެއް ދިިއުޅޭ އަތޮޅެއް ނަމަވެސް އެ އަތޮޅުގައި މަޝްރޫއުތަކެއް ހިންގެވުމަށް ޕްލޭންކުރައްވާފައިވާ ކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފެށިގެންދާނެކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އެހެންނަމަވެސް މަޝްރޫއުގެ އިތުރު ތަފްސީލު ރައީސް ދެއްވާފައެއް ނުވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ މި މަޝްރޫއު ފެށިގެންދާއިރު، އެ އަތޮޅުގައި ވައިގެ ދަތުރުފަތުރުވެސް ފެށިގެންދާނެ ކަމަށެވެ. އޭގެ ބައެއް އެއްބަސްވުމުގައި ސޮއިކުރެވި އަންގާރަ ދުވަހު ބާއްވާ އިކޮނަމިކް ކައުންސިލުން އެކަން ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު އޮންނާނީ އަމަލީ މަސައްކަތް ފެެއްޓެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްވެސް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ކަމެއް ނިމިގެންދާއިރު ޕިކްނިކް އައިލެންޑްވެސް ލަސްތަކެއްނުވެ ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ފުންކޮށް ވިސްނައިގެން ނިންމަންޖެހޭ އިންތިޚާބެއް ކަމަށެވެ. އެގޮތުން ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ. އެއީ ސެޕްޓެމްބަރުގައި ނިންމާ ނިންމުމެއްގެ ސަބަބުން މިހާރު ކުރަން ފަށާފައިވާ ކަންކަން ހުއްޓި އެހެން ދިމާލަކަށް މިސްރާބު ހިނގައިދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި