Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 03:00
މާލޭ ސިޓީގެ މޭޔަރ ސިފާ: މެންބަރުންގެ ގޮނޑި ދިފާއުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި
މާލޭ ސިޓީގެ މޭޔަރ ސިފާ: މެންބަރުންގެ ގޮނޑި ދިފާއުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މިއަދު އޮތް ވެރިކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު ގިލަންވެރިކަމެއް: ސިފާ
މަޖިލީހުން 45 މެންބަރުން ނުކުތުން އެއީ ވަރަށް ބޮޑު ކަމެއް
ގޮނޑި ގެއްލުނަ ނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން

މިއަދު އޮތް ވެރިކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ވަރަށްބޮޑު ގިލަން ވެރިކަމެއް ކަމަށާއި ރައްޔިތުން އެންމެ ތާއީދުކުރާ ލީޑަރުން ގުޅިގެން މަސައްކަތް ކުރަން ފެއްޓެވީ އެ ސަބަބަށްޓަކައި ކަމަށް މާލޭގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ. އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިފާ ވިދާޅުވީ އިސްލާހީ ހަރަކާތުގައި އިދިކޮޅު ލީޑަރުން ގުޅިގެން ކުރާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ  45 މެންބަރުން ނުކުތުން އެއީ ވަރަށް ބޮޑު ކަމެއް ކަމަށާއި  އެބޭފުޅުންގެ ގޮނޑި ގެއްލިގެން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ސިފާ ވިދާޅުވީ  ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު މުޅި ރާއްޖެއިން މީހުން މާލެއަރާ މަޖިލިސް ދޮށުގައި އެ މެންބަރުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ.

"45 އެއް ހަމަވީމާ މިވަޑައިގަތީ ވައްކަމެއް ކުރުމަށް ކޯޓަށް ހަމަ ޕީޕީއެމް އަތުލައިގެން ގޮތަށް. މިއީ ދަރުބާރު ފެކްޝަނެއް ވެސް ނޫން ގަދަބާރު ފެކްޝަން. އެފެކްޝަނަށް ތައްޔާރުނުވެވިގެން ލޯކަލް ކއުންސިލް އިންތިޚާބު ފަސްކުރީ. ހަމަ އެގޮތައް މިފަހަރު ވެސް ކޯޓަށް ވަޑައިގަތީ. ކޮންމެ ގޮތަކަށް އެތަނުން އެއްޗެއް ނެރުނަސް ރައްޔިތުން ޤަބޫލެއް ނުކުރޭ،" ސިފާ ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީއަށް އިޝަރާތް ކުރައްވާ ސިފާ ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި ކުދިން ބާކީ ނުކުރާވަރަށް ކުދިން ބާކީކޮށްފައިވާ އަހަރެއް ކަމަށެވެ. އެގޮތުން ސިފާ ވިދާޅުވީ ރަނގަޅު ނަތީޖާ ނެރެފައި ވަނީ ގިނަ ކުދިން ބާކީކުރުމަށް ފަހު މޮޅު ކުދިންކޮޅު އެކަނި އިމްތިހާނުގައި ބައިވެރިކޮށްގެން ކަމަށެވެ. 

ރައީސް ޔާމީންއަށް ތާއީދު ހޯދުމަށް ދައްކަމުންދިޔަ އެއްވެސް ވާހަކައެއް ހަޤީގަތަކަށް ނުވި ކަމަށާއި ބޭނުނ ކުރެއްވި އެއްވެސް ނަމެއް ނުވިއްކުނު ކަމަށެވެ. އެގޮތުން ސިފާ ވިދާޅުވީ ފުރަތަމަ އުޅުއްވީ އިކޮނޮމިސްޓެއް ކަމަށް ބުނެ އެމަނިކުފާނު ވިއްކަން ކަމަށާއި އެނަމުގައި ނުވިއްކުނީމާ ދެން ދެން މަސައްކަތްކުރި ބިޔަ ޕްރޮޖެކްޓް ގެންނަވާ ބޭފުޅެއްގެ ގޮތުގައި ވިއްކުމަށް ކަމަށެވެ. އެނަން ވެސް ނުވިއްކި ލޯކަލް ކައުންސިލް އިނތިޚާބުން ބަލިވީ ކަމަށް ސިފާ ވިދާޅުވިއެވެ.

ސިހުރު ފަންޑިތަ ޤަބޫލް ނުކުރައްވަމާ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ސިފާ ވިދާޅުވީ ސިހުރު ފަންޑިތައަކީ ޤަބޫލު ނުކުރައްވާ އެއްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ޤުރުއާންގައި ސިހުރު ފަންޑިތައިގެ ވާހަކަ  އެބައޮތް ކަމަށެވެ. އެހެންކަމަށް ވާނަމަ  ޤުރުއާން ދޮގުކުރައްވަނީތޯ ސިފާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ކީއްވެތޯ އާ ސަހަރާ ބަންދު ކޮށްގެން ގެންގުޅުނީ. ކާކުވަޅުލަފާނެތީތޯ. ކީއްވެތޯ ހަތަރު އަނގޮޅިތައް ބަންދުކޮށްގެން އުޅުނީ. ކީއްވެތޯ ފެންފޯއް ރުއްތައް ރޯމާ ދުވާލު ކަނޑާލީ" ސިފާ ސުވާލު އުފެއްދެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް