Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:54
ޑރ ހުސައިން ރަޝީދު
ޑރ ހުސައިން ރަޝީދު
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތް
ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް، ވެރިކަން ލިބުނީމަ އެކަން ހަނދާން ނެތޭކަށް ނުޖެހޭ: ޑރ. ހުސައިން
ރައީސް ކަމަށް ވަޑައިގަންނަވަނީ  އަޅުގަނޑުމެން ދިން ވަޒީފާގެ ބަޔާނެއް ފުރިހަމަ ކުރަން
ވެރިކަމަށް އައިރު ނެތް މުއްސަނދިކަމުގައި އުޅެނީ ސައިޑް ބިޒްނަސް ކުރާތީ

ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި ސަލާން ޖަހައިގެން ވެރިކަމަށް އާދެވުމުން، އެކަން ހަނދާން ނެތިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ ހުސައިން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސައިން ރަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި ސަލާން ޖަހައިގެން ވެރިކަމަށް އާދެވުމުން އެކަން ހަނދާން ނެތުން އެއީ މައްސަލައެއް ކަމަށެވެ. އަދި ރައީސްކަމަށް ވަޑައިގަންނަވަނީ ރައްޔިތުން ދިން ވަޒީފާގެ ބަޔާނެއް ފުރިހަމަ ކުރަން ކަމަށް ހުސައިން ވިދާޅުވިއެވެ

"ބައެއް މީހުން އެބަބުނޭ ވަޒީރުން ، ރައީސުން ވެރިކަމަށް އައިރު ނެތް މުއްސަނދިކަމުގައޭ އުޅެނީ. އެއީ ސައިޑް ބިޒްނަސް ކުރާތީ ދިމާވާގޮތް. ރައީސް ކަމަށް ނަގަނީ މެނިފެސްޓޯއަކާއެކު އައިމާ. އެކަން ނުކުރީމާ އެވާހަކަ ދައްކާނެ. ބިން ވިއްކާކަށް ނޫން ގެނައީކީ. އެކަން ކުރަން އުޅެންޏާ އެކަން ދައްކާނަން. އެމީހުން ހިއެއް ނުކުރޭ 45 ހަމަވެދާނެ ކަމަކަށް. އެމައްސަލަ ލާން ދިޔައީމަވެސް ހަޖޫޖެހީ. އެކަމަކު އެކަން ޔަޤީންވީމާ ނުކުމެ ރައްޔިތުންގެ ކަންކަން ކުރުމުގެ ބަދަލުގައި ވެރިކަން ދިފާއު ކުރަން. އަޅުގަނޑުމެން މިއުޅެނީ މަނިކުފާނަށް ވެރިކަން ނުކެރެވުނީމާ މަނިކުފާނަށް އެކަން ކިޔައިދޭން. މިއުޅެނީކީ ޒާތީވެގެނެއް ނޫން. އޮޅިވަޑައިގެން ނޫޅުއްވާ" ޑރ ހުސައިން ވިދާޅުވިއެވެ.

ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ޑރ ހުސައިން ވިދާޅުވީ ވެރިކަން ހިންގަން ޖެހެނީ ޤާނޫނު އަސާސީގައި ރައްޔިތުން ލިޔުނު ގޮތަށް ކަމަށާއި  ވަޒީރުން ބިލިއަނުން ދައުލަތުގެ ފައިސާ "ކާލިއިރު" ރައީސުލް ޖުމްހޫރިއްޔާއަށް އެކަން ނޭނގުމުން އޭގެން ދޭހަވަނީ މަޤާމަކަށް ކުފޫހަމަ ނުވާކަން ކަމަށެވެ.

"ދުނިޔޭގެ އިޤްތިސޯދު ރަނގަޅު އިރެއްގައި ރައްޔިތުން ނިކަމެތިވެ އަނގަޔާ އަތާ ދިމާނުވީމާ ދެން ގެނެސް ހުޅުމާލެއަށް ރައްޔިތުން ގެންނަ ވާހަކަ ދައްކާކަށް ނޫން މަނިކުފާނު ހޮވީކީ. ދެން މިވާހަކަތައް ދައްކަން ފެށީމާ ޤާނޫންތައް ބަދަލުކޮށްގެން ނޫސްވެރިންގެ އަނގަ ބަންދުކޮށް ރައްޔިތުން ތަޅުއަޅުވަން ފެށީމާ މަޖިލީހުގެ ރައީސް އެކަން ނުހުއްޓުވީމާ އެމަޖިލީހުގެ ރައީސްގެ ވާހަކަ ދައްކާނަން. ބޭރުވެސް ކުރާނަން. މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާއަކާ ބެހޭތަނެއް ނޫން. މިމަހުގެ 24 ގައި ނަގާ ވޯޓް މިހާރުވެސް ކާމިޔާބު ވެއްޖެ. އެހެންވެ އެކަން ކުރިއަ ނުދޭން އުޅޭކަން މިފެންނަނީ" ހުސައިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް