Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 00:08
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕޭން
ރައީސް އިދިކޮޅަށް: ވާދަވެރި ކެމްޕޭނަކަށް ނުކުމެވަޑައިގެން ވާދަކުރައްވާ!!
ވާދަކުރައްވަން ހުންނެވީ ތައްޔާރަށް
ވާދަވެރިންނަށް އަދި އެ އުޅެވެނީ 2000ގެ ކުރީކޮޅުގައި
އަޅުގަނޑުމެންނަށް އާދެވިފައި މިތިބި ހިސާބަކީ، ވާދަވެރި ކެމްޕޭނެއް ހިންގާ އިންތިހާބުގައި ވާދަކޮށް ވޯޓުން ނަތީޖާ ނެރުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވާދަވެރި ކެމްޕޭނަކަށް ނުކުމެވަޑައިގަތުމަށް ރައީސް ގޮވާލައްވައިފިއެވެ.

Advertisement

ރައީސް މިފަދައިން ވިދާޅުވީ"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި އާދީއްތަ ދުވަހުގެ ރޭ ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކެމްޕޭނަށް ނުކުމެ ވަޑައިގެން ވާދަކުރެއްވުމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުންނެވީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

އަޅުގަނޑުމެން މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތް، ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ގެނައުމަށްޓަކައި، މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިތިބި ހިސާބަކީ، ވާދަވެރި ކެމްޕޭނެއް ހިންގާ އިންތިހާބުގައި ވާދަކޮށް ވޯޓުން ނަތީޖާ ނެރުން. އަޅުގަނޑުމެންނަށް އެހިސާބަށް އާދެވިއްޖެ. އެމްޑީޕީއަށް އާދެވިއްޖެ. ބައެއް ފަހަރު ހިތަށް އަރާ ވާދަވެރިންނަށް އަދި އެ އުޅެވެނީ 2000ގެ ކުރީކޮޅުގައޭ. އެއިރު އަޅުގަނޑުމެން ކުރަން ފެށި މަސައްކަތުގެ ކޮންމެވެސް މަންޒަރެއް ރަށްރަށުން އެބަފެނޭ. އަޅުގަނޑު ވަރަށް އިހްތިރާމާއެކު މި ދަންނަވަނީ ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕޭނެއް ކުރައްވާށޭ. އަޅުގަނޑުމެން މިތިބީ ވާދަކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މ. އަތޮޅުގެ ކެމްޕޭންގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފަރާތެއް މުލަކުގައި ހަޑިހުތުރުބަހުން ވާހަކަ ދައްކާ އަޑުގަދަކޮށްފައިވަނިކޮށް އެކަމަށް އިޝާރާތްކުރައްވައެވެ.

ޖަލްސާގައި ވާހަކަފުޅުއްދަކަވަމުން ރައީސް ވިދާޅުވީ ތަޅާފޮޅާ ހަމަޖެހުމާއި ސުލްހަ ގެއްލުވާލަން ކުރާ ކަންތައްތަކަށް މި ސަރުކާރުން ޖާގައެއް ނުދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އަމަންއަމާންކަން ފުލުހުންނާއި ސިފައިން ބަލަހައްޓަވާނެކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް