Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:49
ކުރީގެ މެންބަރު އަހްމަދު ޢަބްދުﷲ
ކުރީގެ މެންބަރު އަހްމަދު ޢަބްދުﷲ
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ސަރުކާރު ކުޑަ ކަކޫ ޖައްސާ މާލިއްޔަތުން ކޭ ފައިސާތައް އަނބުރާ ހޯދާނަން:އަހުމަދު އަބްދުﷲ
ބިރުވެރި އަދަދަކަށް 45 ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ 45 މެންބަރުންނާއެކު މިސަރުކާރު ކުޑަ ކަކޫ ޖައްސުވާ ބައިތުލް މާލުން ކާލި ފައިސާތައް ހޯއްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 އަހުމަދު ވިދާޅުވީ ސާޅީސް ފަހެއް ބިރުވެރި އަދަދަކަށް ވެއްޖެ ކަމަށާއި  ސާޅީސް ފަހަކާއެކު ބަންޑާރަނައިބު ފައިލް ބޮނޑި ކިހިލިޖަހައިގެން ކޯޓަށް ވަދެއްޖެކަމަށެވެ. އަދި 45 މެމްބަރުން މަސީހު އެއްލާލާނަން ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ  ރައްޔިތުންގެ މަޖިލީސް ރައްޔިތުންގެ ތަނަކަށް ހަދާނެ ކަމަށާއި ވަޒީރުން ހިތުހުރި ގޮތަކަށް ކަންކުރުން ހުއްޓުވާނަން ކަމަށެވެ.

"މިނިވަން މުއައްސަސާތައް ރަނގަޅަށް މިނިވަން ކުރާނަން. ބައިތުލްމާލުން ކޭ ފައިސާ ހޯދާނަން. ކުޑަކަކޫ ޖައްސުވާފައި އެފައިސާ ގެނުވާނަން. އާދައިގެ އަދަދެއް ނޫން ކާލީ. މިއަދު 45 އާ އެކު ސަރުކާރުގެ ވެރިން ނިންޖެއް ނާދޭ." އަހުމަދު ވިދާޅުވިއެވެ.

އަހުމަދުވެސް ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު މެންބަރުން ކައިރިއަށް ރައްޔިތުން ދާން ޖެހޭ ކަމަށާއި އެމެންބަރުން ހޮވި ރައްޔިތުންގޮސް ނަސޭހަތްދޭން ޖެހޭ ކަމަށެވެ.

"ސާބިތުކަމާއެކު ތިބެންޖެހޭނެ. އެއަދަދު 45ން 57ން 60 އަރުވާނަން. ﷲގެ ވާގިފުޅާއެކު ޤާނޫނީ އިމުގެ ތެރެއިން ވައްޓާލާނަން.ކުޑަގެއްލުމެއްތޯ؟ އެތައް ބިލިއަނުން ކާލުން. ޤާނޫން އަސާސީން ލިބުނު ހައްޤުތައް ނިގުޅައިގަތުން. ރެއާދުވާލު ބިރުވެރިކަމުގައި ތިބުން. ކުޑަގެއްލުމެއްތޯ ރައްޔިތުންގެ އަނގަޔަށް ލާން އޮތް އެތިކޮޅު އަތުލުން" އަހުމަދު ވިދާޅުވިއެވެ.

ބާރަކީ ރައްޔިތުންގެ އެއްޗެއްކަން ކަމަށާއި  އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން ބަންޑާރަ ނައިބަށް އެނގެން ވެއްޖެ ކަމަށް އަހްމަދު ވިދާޅުވި އެވެ. 

 މިހާރު 45 ފެނުނަސް ދެން ފެންނާނީ 60 މެންބަރުން ކަމަށާއި މެންބަރުންގެ ގޮނޑި ގެއްލުވާލާނެކަމުގެ ބިރު ދައްކާނެ ކަމެއް ނެތްކަމަށާއި  އެމެމްބަރުން އެތިބީ ފަހަށް ޖެހޭކަށް ނޫން ކަމަށް އަހުމަދު ވިދާޅުވިއެވެ

"ސަރުކާރުން ހީކުރީ ރައްޔިތުން މަޑުން ތިބޭނޭ ކަމަށް. އެކަމަކު ރައްޔިތުން ތިބީކީ އެގޮތަކަށް ނޫން. އޭގެ ނަތީޖާ އަކީ ސަރުކާރު ބަލިކަށިވުން. އެއޮތީ ޤަބޫލްކޮށްަފައި ސަރުކާރު ބަލިވެއްޖެކަން،" އަހުމަދު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެންތަންތަނުގެ ވާހަކަ މި ސަރުކާރުގެ ވެރިން ދައްކާއިރު އަހުމަދު ވިދާޅުވީ ރައްޔިތުންގެ އަޣުލަބިއްޔަތެއް ސަރުކާރަށް ނެތް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ޖުލައި 2017 | ހޮނިހިރު 08:10
މުހައްމާ
އަހަންމަދާ! ކަލޭ ދުނިޔޭގަ ހުރިކަން މިއެނގުނީ އަދިކިރިޔާ. ކާކަށް މިގޮނޑި ލިބޭނީ. ކަލޭ ކުރިމަތި ނުލާނަންދޯ