ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 10:50
މުލަކު ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
މުލަކު ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ
އެމްޑީޕީ
މުލަކު ސިއްހީ މަރުކަޒު
ރައީސް، މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ހުޅުއްވައިދެއްވައިފި
 
އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނޭ
 
އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލެއް ހިމެނޭ

މ. މުލަކު ސިއްހީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އާދީއްތަ ދުވަހުގެ ހެނދުނު އެކަމަށްޓަކައި މުލަކު ސިއްހީ މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

މުލަކު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. މުލަކު ސިއްހީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނެއެވެ.

މިއީ ސަރުކާރު ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ކޮމެންޓް