ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 05:25
މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާ
މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާ
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަން
ރާއްޖެ އަންނަ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔަނީ
ހެނދުނު 10:00 ގެ ކުރިން މަރުހަބާ ކިޔާނެކަމަށް ލަފާކުރޭ
މިއަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައި

މިއަހަރު ރާއްޖެ އަންނަ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހެނދުނު 10:00 ގެ ކުރިން އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވާހެން ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އިސް ބޭބޭފުޅުން އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ވިދާޅުވުމަށް އެއަރޕޯޓަށް ވަޑައިގަންނަވާނެއެވެ.

މިދިޔަ އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ އޯގަސްޓު 12 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ނިންމާލާފައިވަނީ 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނާއެކުއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން ސަރުކާތުން ދެއެވެ.

- ކޮމެންޓް