Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 22:54
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ދައުލަތުގެ އާމްދަނީ
2028ގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 50 ބިލިއަން!
ރައްޔިތުންނަށް ލުއިކުރުމަށް މަހަކު 20 މިލިއަން ޚަރަދުކުރި
2018 ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އާމްދަނީ 26 އިންސައްތަ އިތުރުވެއްޖެ
މި އަހަރު އިގްތިސާދު 9 އިންސައްތައަށް ކުރިއަރާނެ

މި ހިނގަމުންދާ 5 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ ކަންތައްތަކާއި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު، 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 50 ބިލިއަން ރުފިޔާ ވެއްދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑްގެ އާލަމީ ވަބާއަށްފަހު އިރުމަތީ ޔޫރަޕުގައި ހިނގަންފެށި ބޮޑު ހަނގުރާމައަކީ ރާއްޖެއަށް ދިމާވި ދެވަނަ ބޮޑު ގޮންޖެހުން ކަމަށެވެ. މުޅި ދުނިޔޭގެ އިގްތިސާދަށް ބަދަލު އައިސް، ތަކެތީގެ އަގުބޮޑުވެގެން ދިޔައިރު، ތެލުގެ އަގު ވަކިން ބޮޑަށް ބޮޑުވި ކަމަށެވެ. އަދި މިއާއެކި ބަޖެޓްކުރެވުނު ވަރަށްވުރެ މަހަކު 20 މިލިއަން އިތުރަށް ޚަރަދުކުރައްވަން ޖެހުނު ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތަކުން ދުރުކުރުމަށްޓަކައި ސަރުކާރުން 2.3 ބިލިއަން، މި ދިޔަ ދެ އަހަރު ތެރޭގައި ޚަރަދުކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސާދު ދަނީ ދެގުނަވަމުން ކަމަށެވެ. 2018 އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އާމްދަނީ 26 އިންސައްތަ އިތުރުވެއްޖެކަމަށާއި، މިއަހަރުގެ އަމާޒަކީ 30 ބިލިއަން ރުފިޔާ ހޯދުން ކަމަށެވެ. ރައީސް ވިދާޅުވީ 2018އިން 2028ށް ރާއްޖޭގެ އިގްތިސާދު ދެގުނަވެގެން ދާނެކަމަށެވެ. މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް 50 ބިލިއަން ވެއްދުން ކަމަށާއި، ކޮވިޑާއެކު، ލޯނު ނަގައިގެން ކުރި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ކޮޅަށްޖަހައި ވިޔަފާރި ބަނގުރޫޓްވިޔަ ނުދިނުން ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ 2 އަހަރަކަށް ނޫން ކަމަށާއި، މިހާރު ފެންނަމުން އެދަނީ އޭގެ ހެޔޮ ނަތީޖާކަމަށެވެ. ރައީސް ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑް ބޭންކުން މިއަހަަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް އަންދާޒާކުރީ 6-7 އިންސައްތަ ކަމަށެވެ. ނަމަވެސް މިއަހަރު 9 އިންސައްތައަށް ކުރިއަރާނެ ކަމަށެވެ.

ތަކެތީގެ އަގުބޮޑުވުމާއި، އިންފްލޭޝަން މައްޗަށް ދާނެކަމަށް ވާދަވެރިން ބުނަމުން ދިޔަނަމަވެސް، އައިއެމްއެފް އަދި ވޯލްޑް ބޭންކުން އަންދާޒާކުރީ 4.5 އިންސައްތައަށް މައްޗަށް ދާނެކަމަށެވެ. ނަމަވެސް ސަރުކާރުން އެޅީ ފިޔަވަޅާއެކީ 3.5 އިންސައްތާގައި އިންފްލޭޝަން ހިފަހެއްޓިފައިވާ ކަމަށެވެ. އަދި ޔޫރަޕުގެ އިންފްލޭޝަނަކީ 9 އިންސައްތަ ކަމަށާއި، ކިތައްމެ ބާރަށް އަޑުހަރުކޮށް ތަކެތި އަގުބޮޑުކަމަށް ބުނިނަމަވެސް، މަރުކަޒީ ބޭންކުން ބުނަނީ ތަކެތީގެ އަގު ހިފެހެއްޓިއްޖެ ކަމަށް، ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދިރާސާތަކާއި އަދަދުތަކަކީ އެމްއެމްއޭއިން ނެރޭ އަދަދުުތައް ކަމަށާއި، އެހެންނަމަވެސް އޮޅުވާލަން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް