Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 23:09
އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން
އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން
ތަރައްގީގެ މަޝްރޫއުތައް
ރައީސްގެ ފަހަތްޕުޅުގައި ރާއްޖޭގެ ހުރިހާ ރަށެއް އޮތީ "އެޑްވާންސްކޮށް" ތަރައްގީގެ ކަންކަން ކޮށްދެއްވާތީ - ނަސީރު
ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ކަންކަން ވެސް ނިމިގެން ދަނީ މި ދައުރުގައި ކަމަށް ވިދާޅުވި
މުލަކުގެ އާ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމުނީ މި ސަރުކާރުގައި ކަމަށް މެމްބަރު ވިދާޅުވި
މުލަކުން ރައީސަށް ވޯޓު އަޅައި ވޯޓު ފޮށި ފުރާލާނެކަމަށް އޭނާ ވިދާޅުވި

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތްޕުޅުގައި ރާއްޖޭގެ ހުރިހާ ރަށެއް އޮތީ "އެޑްވާންސްކޮށް" ތަރައްގީގެ ކަންކަން ކޮށްދެއްވާތީ ކަމަށް، މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މ. މުލަކުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކެމްޕެއިން ދަތުރުތައް ކުރާއިރު ރާއްޖޭގެ ހުރިހާ ރަށެއްހެން ފެންނަނީ އެކީއެކައްޗަކަށް، ގައުމަށް ލިބެމުންދާ ކުރިއެރުންތަކާއި ތަމައްދުނަށް ބޭނުންވެގެން އެދިގެން ތިބި މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސްގެ ފަހަތްޕުޅުގައި ރައްޔިތުން ތިބީ ތަރައްގީ ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުލަކުން ރައީސަށް ވޯޓު އަޅައި ވޯޓު ފޮށި ފުރާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މ. މުލަކުގައި މަސްވެރިންނަށް މަސް ސެންޓަރެއް ގާއިމްކޮށްދިނުމުގެ ވައުދު ފުއްދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެތަނުގެ ބޭރު ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އޭނާ ވިދަޅުވިއެވެ. އަދި މަސްވެރިން އެދެނީ އެތަން ނިމެންދެން ވެސް، އެ ސަރަހައްދުން މަސް ކިރޭނެ ގޮތެއް ވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާގައި، މުލަކުގެ ތަރައްގީގެ އިތުރު މަސައްކަތްތަކާމެދު ވެސް އޭނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އޭގެ ތެރޭގައި މުލަކުގެ މަގުގެ މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާނެކަމުގެ އުންމީދާއި ޔަގީންކަން އެބަ އޮތް ކަމަށެވެ. އެ ރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ކަންކަން ވެސް ނިމިގެން ދަނީ މި ދައުރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ ރަށުގައި ފެންނަންހުރި ސިއްހީ މަރުކަޒުގެ ރީތި އިމާރާތަކީ ވެސް މި ސަރުކާރުގައި އެ ރަށުގައި ގާއިމްކުރި ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް