ހަފްތާ ބަންދުގައި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު މެދުރާއްޖެތެރެއަށް މޫސުން ރަނގަޅުވާނެކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހަފްތާ ބަންދުގައި މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.