ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 20:50
އުރީދޫ މަސް ރޭހުން މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމު
އުރީދޫ މަސް ރޭހުން މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމު
އުރީދޫ
އުރީދޫ މަސް ރޭސް
އުރީދޫ މަސް ރޭސް މިފަހަރު 83 ޓީމާއެކު ފަށަން ތައްޔާރު
މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމާއި ފުވައްމުލައް ސިޓީގެ 13 ޓީމެއް ބައިވެރިވޭ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023ގެ ރަޖިސްޓްރޭޝަން މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސްނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރކުރި 83 ޓީމާއެކު, މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫއިން ބުނީ މާލެއިން 34 ޓީމު ބައިވެރިވާއިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމާއި ފުވައްމުލައް ސިޓީގެ 13 ޓީމާއެކު، ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު، މުބާރާތުގެ ފޯރިގަދަވެ، ވާދަވެރިކަން އެހެން އަހަރުތަކަށްވުރެ ބޮޑުވާނެކަމަށެވެ. އުރީދޫ މަސްރޭހުގެ ރެކޯޑް މުގުރާލައި، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށްވެސް ވަނީ ބުނެފައެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގައެވެ.

މާލެ ސިޓީ: 4 އޮގަސްޓް 2023

ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023

އައްޑޫ ސިޓީ: 18 އޮގަސްޓް 2023

ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ތިރީގައިވާ ގޮތަށް ފައިސާގެ އިނާމު ލިބޭނެއެވެ.

އެއްވަނަ ޓީމް: 25،000 ރުފިޔާ

ދެވަނަ ޓީމް: 10،000 ރުފިޔާ

ތިންވަނަ ޓީމް: 5000 ރުފިޔާ

އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ

އެންމެ މޮޅު އަންހެން ކެޔޮޅު: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023ށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް އުރީދޫއިން ބުނެއެވެ.

- ކޮމެންޓް