ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 19:00
ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ޖާބިރު، ކ. ގުޅީ ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ޖާބިރު، ކ. ގުޅީ ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކ. ގުޅީ ކަންމަތީ ބައްދަލުވުން
ރައީސް ސާލިހަކީ ބްރޭންޑެއް: ޖާބިރު
 
ހިސާބުތަކުން ދައްކަނީ ރާއްޖޭގެ ރައްޔިތުން އެއްބުރުން ރައީސް ސާލިހު ވެރިކަމަށް ގެންނަން ބޭނުންވާކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ބްރޭންޑެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކ. ގުޅީ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ ބްރޭންޑް ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ހިސާބު ޖަހައިފި ކަމަށާއި، ހިސާބުތަކުން ދައްކަނީ ރާއްޖޭގެ ރައްޔިތުން އެއްބުރުން ރައީސް ސާލިހު ވެރިކަމަށް ގެންނަން ބޭނުންވާކަން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަކިވެގަތުމަކީ ރަނގަޅުކަމެއް ކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާ ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ޖެހޭނީ އެކުގައި ތިބެގެންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމުގެ ހަކަތަ ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެރިޔަކު ދެވަނަ ދައުރަކަށް ހޮވުމަކީ ޑިމޮކްރަސީ ރާއްޖެ އައީއްސުރެ ދެކެވަޑައިގަންނަވާ ހުވަފެންފުޅެއް ކަމަށާއި، ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށްވެސް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަކު ދެ ދައުރު ފުރިހަމަކުރެއްވުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ދައުރަކީ އެންމެ ފުރިހަމަ، ފައްކާ ދައުރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ސާލިހާއެކު މަސައްކަތްކުރައްވަމުން ގެންދެވީ އަމިއްލަފުޅަށް އެދިވަޑައިގެން ކަމަށާއި، އެކަން ކުރެއްވީ، އެންމެ ރަނގަޅަށް ވެރިކަން ކުރައްވަނީ ރައީސް ސާލިހަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް