ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 19:05
ޔުވަންޓަސް އަށް ކުޅެމުން އައި ލިއޮނާޑޯ ބޮނޫޗީ
ޔުވަންޓަސް އަށް ކުޅެމުން އައި ލިއޮނާޑޯ ބޮނޫޗީ
ޓްވިޓަރ
ލިއޮނާޑޯ ބޮނޫޗީ
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
ބޮނޫޗީ އޭސީ މިލާނަށް ބަދަލުވާން އެއްބަސްވެފައިވަނީ 40 މިލިއަން ޔޫރޯ އަށް
ބޮނޫޗީ އޭސީ މިލާނަށް އައުމުން އޭނާ އަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ

އެންމެން ހައިރާންކޮށްލުމަށްފަހު ޔުވަންޓަސް އަށް ކުޅެމުން އައި އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

 

މެޑިކަލް ހެދުމަށްފަހު ބޮނުޗީ އޭސީ މިލާނަށް ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އޭނާ ވަނީ އެކަންތައް ފުރިހަމަކުރުމަށް ކަސާ މިލާން އަށް އައިސްފައެވެ. އެގޮތުން އޭނާ އަށް އޭސީ މިލާންގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބޮނޫޗީ އޭސީ މިލާނަށް ބަދަލުވާން އެއްބަސްވެފައިވަނީ 40 މިލިއަން ޔޫރޯ އަށެވެ. އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެ ހުރިހާ ހުށަހެޅުންތައް ރިޖެކްޓްކުރުމަށްފަހު އޭސީ މިލާނަށް ބަދަލުވެފައެވެ.

އިންޓަ މިލާނުން ކެރިޔަރު ފެށި އުމުރުން 30 އަހަރުގެ ބޮނޫޗީ ވަނީ އެޓީމަށް ދެ ސީޒަން ކުޅެ، ލީގް ޗެމްޕިއަންކަން އެއްފަހަރު އަދި އިޓާލިއަން ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ބޮނޫޗީ ޔުވަންޓަސް އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. އޭނާ ވަނީ އެޓީމުގައި ހޭދަކުރި ހަތް ސީޒަނުގައި ކުޅުނު 319 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. ބޮނޫޗީ ވަނީ ޔުވަންޓަސްއާ އެކު ހަ އިޓާލިއަން ލީގު، ތިން އިޓާލިއަން ކަޕް އަދި ތިން އިޓާލިއަން ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

އިޓަލީ ގައުމީ ޓީމާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ 2012 ވަނަ އަހަރު ހޯދި ބުނޫޗީ ވަނީ އެޓީމަށް ކުޅުނު 70 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓަލީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ތިންވަނަވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް