ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 18:16
ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ބަނދަރު ހުޅުއްވައިދެއްވަނީ
ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ބަނދަރު ހުޅުއްވައިދެއްވަނީ
ރާއްޖެއެމްވީ
ފޯކައިދޫ ބަނދަރު ހުޅުވުން
ރައީސް، ފޯކައިދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި
ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް 55.97 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
މިއީ އެރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ. ފޯކައިދޫ ބަނދަރު ނިމުން ފާހަގަކޮށްދެއްވައި، ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ބަނދަރު ހުޅުއްވައިދެއްވީ އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ.

މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، 2320 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތިއާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.

ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް 55.97 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފޯކައިދޫ ބަނދަރު ތަރައްގީކޮށްފައި މިވަނީ 17 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ. ލަފައިފުރުމަށް މީގެ ކުރިން ޖެހުނު އުދަނގޫތަކުން ސަލާމަތްވުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އައި އުންމީދެކެވެ.

- ކޮމެންޓް