Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 12:37
އާސަންދަ ކުންފުނީގެ ހުސްނުވާ އާސަންދަ
އާސަންދަ ކުންފުނީގެ ހުސްނުވާ އާސަންދަ
ޓްވިޓަރ
އާސަންދަ
އާސަންދައިގެ މަހާސިންތާ "އަހުލު 2" ނިންމާލައިފި
މަހާސިންތާގައި ގދ އަތޮޅުގެ 9 ރަށަކުން 81 ބައިވެރިން ބައިވެރިވި

އާސަންދާ ކުންފުނީގެ ފަރާތުން "އަހުލު 2"ގެ ނަމުގައި ބޭއްވި މަހާސިންތާ ނިމިއްޖެއެވެ.

މި މަހާސިންތާ ނިންމާލާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މި މަހާސިންތާގައި ގދ. އަތޮޅުގެ ނުވަ  ރަށަކުން 81 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި މަހާސިންތާއަކީ އާސަންދަ ކުންފުނިން ދޭ "ހުސްނުވާ އާސަންދަ" ސްކީމްގެ ޙިދުމަތްތަކަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާއި ރައްޔިތުން އަހުލުވެރިކުރުމުގެ މަޤްސަދުގައި ބޭއްވި މަހާސިންތާއެކެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާންއަކީ ގދ. ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޙުސެއިން ރަޝީދެވެ. އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން އަލީ އާއި އެކުންފުނީގެ މެނޭޖަރާއި އެސިސްޓަންޓު މެނޭޖަރ ވެސް ވަނީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މަހާސިންތާގެ ބައިވެރިންނާއި މަހާސިންތާ ބޭއްވުމަށްޓަކައި އެހީތެރިވި ފަރާތްތަކަށް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. 

 

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް