ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 06:58
އެސްޓީއޯ ކާޑު ގުދަން
އެސްޓީއޯ ކާޑު ގުދަން
ރާއްޖެ އެމްވީ
އެސްޓީއޯ
ޖޫން މަހު އެސްޓީއޯއިން 78،500ށްވުރެ ގިނަ ބަސްތާގެ ކާޑު ފޯރުކޮށްދީފި
 
ކާޑު އެޖެންޓުން މެދުވެރިކޮށް 547 ޑެލިވަރީ ކުރި
 
ޖޫން މަހު 1،822 ޑެލިވަރީ ކޮށްފައިވޭ

އެސްޓީއޯއިން ޖޫން މަހު 78،599 ބަސްތާގެ ކާޑު ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފިއެވެ.

އެސްޓީއޯއިން ބުނީ މާލެ ސަރަހައްދު ހިމެނޭހެން އެކި ހިސާބުތަކަށް 78،599 ބަސްތާގެ ކާޑުގެ ބާވަތްތައް ފޮނުވާފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 37,646 ބަސްތާގެ ހަނޑޫ، 12,230 ބަސްތާގެ ހަކުރު އަދި 28,273 ބަސްތާގެ ފުށެވެ.

މިގޮތުން ޖޫން މަހުގެ ތެރޭގައި 1،822 ޑެލިވަރީ ކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މިގޮތުން މާލެ ސަރަހައްދަށް އެކަނި 1،270 ޑެލިވަރީއެއް ކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ 18،798 ބަސްތާގެ ހަނޑޫ، 6،173 ބަސްތާގެ ހަކުރު އަދި 13،539 ބަސްތާގެ ފުށެވެ.

އެސްޓީއޯގެ ކާޑު އެޖެންޓުން މެދުވެރިކޮށް 547 ޑެލިވަރީއެއް ކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެއީ 16،118 ބަސްތާގެ ހަނޑޫ، 5،317 ބަސްތާގެ ހަކުރު އަދި 12،355 ބަސްތާގެ ފުށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހާރަތަކަށް 5 ޑެލިވަރީއެއް ކޮށްފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެއީ 2،730 ބަސްތާގެ ހަނޑޫ، 740 ބަސްތާގެ ހަކުރު އަދި 2،379 ބަސްތާގެ ފުށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް