Advertisement
ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 13:08
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް
އިކޮނޮމިކް މިނިސްޓްރީ
އިހަވަންދިއްޕޮޅު ޕްރޮޖެކްޓުގެ މަސައްކަތް
އިހަވަންދިއްޕޮޅު ޕްރޮޖެކްޓަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ސީއީއޯ ޝާހިދު
މިހާރު ބައެއް ސަރވިސްތައް ފެށުމަށް ދަނީ މަސައްކަތް ކުރަމުން
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ވަނީ ރާވާފައި
މުޅި މަޝްރޫއަށް 4 ބިލިއަން ޑޮލަރު ހޭދަވާނެ

އިހަވަންދިއްޕޮޅު ޕްރޮޖެކްޓްގެ ޕްލޭން ހެދުމުގެ މަސައްކަތާއި، ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އިހަވަންދިއްޕޮޅު ޕްރޮޖެކްޓަކީ ވަރަށް ގިނަ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ތަރައްގީގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެމްޕީއެލްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ، އެސްޓީއޯ، އާބަންކޯ އަދި އެމްޓީސީސީ ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

ޝާހިދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޑިވަލޮޕްމެންޓް ޑިޒައިން ސްޓޭޖެއްގައި ކަމަށެވެ. މިހާރު ބައެއް ސަރވިސްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ބަންކަރިންގ ޚިދުމަތާއި ޕައިލަޓޭޖް ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރު މަސައްކަތް މިކުރެވެނީ އޭގެ ތެރޭން ބައެއް ސަރވިސްތައް ފަށައިގަނެވޭ ގޮތަކަށް. މިސާލަކަށް ބަންކަރިންގ ކަހަލަ ޚިދުމަތްތައް ފަށައިގަނެވޭނީ ކޮންގޮތަކަށްތޯ. މިވަގުތުން މިވަގުތަށް ފަށައިގަނެވޭނެތޯ. އެމްޕީއެލްއިން އަޅުގަނޑުމެން މަސައްކަތް ކުރަނީ ނޯޓިކަލް ސަރވިސް، ޕައިލަޓޭޖް ކަހަލަ ޚިދުމަތްތައް ފަށައިގަތުމަށް ކުރަން ހުރި މަސައްކަތްތައް ދެނެގަތުމަށް އެމަސައްކަތް މިހާރު ކުރިއަށްދަނީ. ދެން ފިޒިކަލް އިންސްފްރާސްޓަކްޗަރ ޑިވެލޮޕްމެންޓާ ޕްރޮޖެކްޓްގެ ފައިނޭންސް ފައިނޭންސް ހޯދުމާ ޕްލޭން ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ މިހާރު.
އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ވަނީ ރާވާފައެވެ. އަދި މުޅި މަޝްރޫއަށް 4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރެވި، ދިގު މުއްދަތަކަށް ދެމިގެންދާނެ އިންގިލާބީ ހެޔޮ ބަދަލުތަކެއް އިގްތިސާދަށް ގެނައުމެވެ. އަދި މާލޭ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތައް ވެސް ތަރައްގީވުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތައް އައުމަކީވެސް މި ޕްރޮޖެކްޓުގެ އަމާޒެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް