ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 16:21
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ރާއްޖެއެމްވީ
ފަތުރުވެރިކަމުގެ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން މަދު، އެހެންނަމަވެސް އުންމީދީ މަންޒަރުތަކެއް ފެނޭ: ޓޫރިޒަމް މިނިސްޓަރު
 
މުސްތަޤްބަލުގައި ފަތުރުވެރިކަމުގެ ވިޔަފާރިވެރިން ގޮތުގައި އަންހެނުން ތިބޭނެ

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން މަދު ކަމަށާއި އެހެންނަމަވެސް އުންމީދީ މަންޒަރުތަކެއް ފެންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ތައާރަފުކުރުމަށް، މައުލޫމާތު ދިނުމަށް މިނިސްޓްރީން އެކި ރަށްތަކަށް ދިޔަ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ރަށްތަކުން އަންހެނުންގެ ފަރާތުން ފަތުރުވެރިކަމަށް ހުންނަ ޝައުޤުވެރިކަން ފެނިގެންދިޔަ ކަމަށެވެ.

އެ މަންޒަރު ފެނުމުން ވަރަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ ކަމަށާއި މުސްތަޤްބަލުގައި ފަތުރުވެރިކަމުގެ ވިޔަފާރިވެރިން ގޮތުގައި އަންހެނުން ތިބޭނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ މުހިންމު ވަޒީފާތަކުގައި ވެސް އަންހެނުން ތިބޭ މަންޒަރު ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު ކަމަށް ވެސް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޓޫރިޒަމް މިހާރު ފުޅާވަމުންދާ ރޭޓުގައި އަހަރަކު 12000 މުވައްޒަފުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. ބޭރު މީހުންނާއެކު މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް ބޮޑަށް ރަނގަޅީ އެ ޤައުމެއްގެ ބަޔަކު މަތީ މަގާމުތަކުގައި ތިބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިން އަދާކުރާ ހިތްވާ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިޔުމަކީ އަމާޒު ކަމަށެވެ. ސަފާރީތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތަކުގެ ހިންގުމުގައި ދިވެހިން ތިބެން ޖެހޭ ކަމަށާއި އަދި އެފުރުޞަތުތަކަށް ދިވެހިންނަށް މަގުފަހިކޮށްދިނުމަށް ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކާރިސާތަކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުމަށްވުރެ، މިފަހަރު ސިނާއަތަށް ލިބޭ ގެއްލުން ބޮޑުވާނެ: ރާއިދު
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
އަހަރު ނިމޭއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަށް ޗައިނާވުން އެކަށީގެންވޭ: މައުސޫމް
މާޒީއަށް ބަލާއިރު، ޑރ.މުއިއްޒަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަކަށް ނުބެލެވޭ: މެމްބަރު އީސަ
އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު
ޓުއަރިޒަމް މިނިސްޓަރު ޑރ.މައުސޫމް އެމްޑީޕީ އަށް
ރައީސް ސާލިހަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ޗޮއިސްއެއް: ޑރ. މައުސޫމް