ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 07:16
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ސ.ފޭދޫ އާފަރު، ފާތިމަތު ލަމްހާ އައްޔަނުކުރުމުގެ ލިޔުން ހަވާލުކުރަނީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ސ.ފޭދޫ އާފަރު، ފާތިމަތު ލަމްހާ އައްޔަނުކުރުމުގެ ލިޔުން ހަވާލުކުރަނީ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު
އެސްއެމްއީ ޑިރެކްޓަރުންގެ ބޯޑު
އެސްއެމްއީ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމަށް ލަމްހާ އައްޔަނުކޮށްފި
 
ލަމްހާ ވަނީ 2019 ވަނަ އަހަރު މެލޭޝިޔާގެ ޔޫސީއެސްއައި ޔުނިވަރސިޓީން ޓެކްނޯޕްރޮނޯރޝިޕްއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައި
 
ލަމްހާ އައްޔަނުކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަވަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ޒ ގެ 2 ގައިވާ ގޮތުގެ މަތިން

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ސ.ފޭދޫ އާފަރު، ފާތިމަތު ލަމްހާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އައްޔަނުކުރައްވައިފިއެވެ.

ޕީސީބީން ލަމްހާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ޖުލައި 6 ގައެވެ. ލަމްހާ އައްޔަނުކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަވަޓައިޒްކުރުމާއި އަދި މޮނީޓަރުކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ޒ ގެ 2 ގައިވާ ގޮތުގެ މަތިންނެވެ.

ލަމްހާއަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމު އައްޔަނުކުރުމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީގައި ބާއްވާފައެވެ. ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ނާއިބު ރައީސް މުހައްމަދު ފިރާޒެވެ.

މިރަސްމިއްޔާތުގައި ޕީސީބީން ވަނީ ޕީސީބީގެ ގާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާ އެސްއެމްއީގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ލަމްހާ ވަނީ 2019 ވަނަ އަހަރު މެލޭޝިޔާގެ ޔޫސީއެސްއައި ޔުނިވަރސިޓީން ޓެކްނޯޕްރޮނޯރޝިޕްއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން 2010 ވަނަ އަހަރު ލަމްހާ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީން ބެޗްލަރ އޮފް ސައިންސް އިން އެފްލައިޑް އެކައުންޓިންގ ހާސިލުކުރައްވާފައެވެ. ލަމްހާ ވަނީ އޭސީސީއޭގެ ޕާޓް 2 ވެސް ފުރިހަމަކުރައްވާފައެވެ.

ލަމްހާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކި ދުވަސްވަރު މެނޭޖްމަންޓް ލެވެލްގެ މަގާމުތައް ފުރިހަމަކުރައްވާފައެވެ. އަދި ލަމްހާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން އެގްޒެކެޓިވް މެންބަރުކަންވެސް އަދާކުރައްވާފައެވެ. މިހާރު ލަމްހާ ހުންނެވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް