ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 16:05
ފިރިހެން ޑަބަލްސްގެ އިނާމު ދިނުން
ފިރިހެން ޑަބަލްސްގެ އިނާމު ދިނުން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ބެޑްމިންޓަން މުބާރާތް
އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަބާއާއި ނަބީއަށް، ފިރިހެން ޗެމްޕިއަންކަން ޒަޔާނާއި ތާއިފަށް
މިއަހަރުގެ މުބާރާތުގައި ޖުމްލަ 97 ކުޅުންތެރިން ވާދަކޮށްފައިވޭ

ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ނަބާހާއާއި ނަބީހާގެ ޕެއާ ހޯދިއިރު، ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ޒަޔާނާއި ތާއިފްގެ ޕެއާ ހޯދައިފިއެވެ.

އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ނަބާހާއާއި ނަބީހާގެ ޕެއާއިން ހޯދީ ފައިނަލުގައި އަފްނާނާއި މައިސާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. ދެ ސެޓުވެސް ކާމިޔާބުކޮށްފައިވަނީ 21-16އިންނެވެ. ނަބާހާއާއި ނަބީހާގެ ޕެއާއަކީ ރާއްޖޭގެ އެއްވަނަ އަންހެން ޕެއާއެވެ. މި ޕެއާއިން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ވާދަވެރި ފައިނަލް މެޗަކަށްފަހު، ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ޒަޔާނާއި ތާއިފްގެ ޕެއާއިން ހޯދީ ފައިނަލުގައި ނިބާލާއި އަޖުފާންގެ ޕެއާ 2-1ން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަަމަ ސެޓު 12-21ން ކާމިޔާބުކުރީ ނިބާލާއި އަޖުފާންގެ ޕެއާ އިންނެވެ. ނަމަވެސް ޒަޔާނާއި ތާއިފްގެ ޕެއާ ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު 21-17އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 21-19އިންނެވެ.

ދެވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސައިން މުހައްމަދާއި މުހައްމަދު އިކްރާމްގެ ޕެއާއިންނެވެ. މި ޕެއާއިން ވަނީ ފައިނަލުގައި ހަމްޒާ އަބްދުއްރަހްމާނާއި ޔޫސުފް ނިޔާޒްގެ ޕެއާ 2-1ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން، މަދީހާ އަބްދުލްގާދިރާއި ޒުހުދާ ހުސައިންގެ ޕެއާ ހޯދީ ފައިނަލުގައި އާއިޝަތު ޔޫސުފާއި އާމިނަތު ނަސީމާގެ ޕެއާ 2-1ން ބަލިކުރުމަށްފަހުއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 70 ފިރިހެން ކުޅުންތެރިންނާއި 27 އަންހެން ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

- ކޮމެންޓް