ކ. މާލެ
|
5 ޖުލައި 2023 | ބުދަ 13:37
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު
ރައީސް އޮފީސް
އާރްޑީސީއާ ގުޅޭ މައްސަލަ
ވައްކަން ފޮރުވައޭ ކިޔަނީ ސިޔާސީ ބޭނުމަށް: ސަރުކާރު
އެފަދަ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ދައްކަވާ ސިޔާސީ ވާހަކަ
ސަރުކާރުން ހިޔާނާތްތައް އޮއްބާލާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށް ނަޝީދު ވިދާޅުވި
ޝަރުއީ ނިޒާމުވެސް އޭގެ މިނިވަންކަމުގައި މަސައްކަތް ކުރާނެ

ނުފޫޒު ފޯރުވައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ހިޔާނާތްތައް އޮއްބާލާ މަންޒަރު ފެނިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ހިޔާނާތްތައް އޮއްބާލާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށް ވިދާޅުވެ، އާރްޑީސީގެ މައްސަލައަކީވެސް އެފަދަ މައްސަލައެއްކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، އެފަދަ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ދައްކަވާ ސިޔާސީ ވާހަކަ ކަމަށެވެ.

އޭގެ އިތުރުން، މުއައްސަސާތަކާއި ޝަރުއީ ނިޒާމުވެސް އޭގެ މިނިވަންކަމުގައި މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވީ، އެކަންކަމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

އާރުޑީސީގެ ބޭންކް އެކައުންޓުން ކުންފުނީގެ އިސް ފަރާތްތަކަށް 13 މިލިއަން ރުފިޔާ ޖަމާކުރި ކަމުގެ މައްސަލައެއް ބަލަމުންދޭތޯ އެ އިދާރާގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް