ކ. މާލެ
|
5 ޖުލައި 2023 | ބުދަ 12:13
ބީއެމްއެލް އެޕް
ބީއެމްއެލް އެޕް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް އިން ޓީޓީ ޕްރޮސެސް ކޮށްދޭ ވަގުތު އިތުރުކޮށްފި
 
ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސް ކޮށްދޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ (ޓީޓީ) ޕްރޯސެސް ކުރާ ވަގުތު އިތުރުކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކު މެދުވެރިކޮށް ފައިސާގެ ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ހަދާ ޓީޓީ ޕްރޮސެސް ކުރާ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު މިހާރު ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސް ކޮށްދޭނެއެވެ.

ބޭންކުން ބުނީ މި ބަދަލަށް އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށާއި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ޓީޓީއަށް ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން އެޕްލިކޭޝަން ހުށަހަޅާއިރު، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ހުށަހެޅުމަށް އެ ބޭންކުން އިލްތިމާސްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް