ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 08:20
ތައިލެންޑް ބެންކޮކް ޕޯސްޓުގައި ރާއްޖެ އިޝްތިހާރުކުރުން
ތައިލެންޑް ބެންކޮކް ޕޯސްޓުގައި ރާއްޖެ އިޝްތިހާރުކުރުން
އެމްއެމްޕީއާރްސީ
ތައިލެންޑައި ރާއްޖެ އިޝްތިހާރުކުރުން
ތައިލެންޑުގެ ބެންކޮކް ޕޯސްޓުގައި ރާއްޖެ އިޝްތިހާރުކުރަނީ
މިއީ ތައިލެންޑުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް ހިންގާ ކެމްޕޭނެއް
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ކެމްޕޭނެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސ)ން ތައިލެންޑް މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ބެންކޮކް ޕޯސްޓާ އެކު ކެމްޕޭނެއް ފަށައ،ި ސަނީ ސައިޑް އޮފް ލައިފްގެ ނަލަ މަންޒަރުތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރަން ފަށައިފިއެވެ.

ޖުލައި މަހުން އޮގަސްޓުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެންޕޭނުގެ މައިގަނޑު މަގުސަދަކީ ތައިލެންޑުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، ރާއްޖޭގެ ހާއްސަކަން ދައްކާލައި، ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ބެންކޮކް ޕޯސްޓަކީ ތައިލެންޑްގައި އެންމެ ކުރިއަރާފައިވާ އިނގިރޭސި މީޑިއަމްގެ މާސް ޕަބްލިކޭޝަންއެވެ. ދެ މިލިއަނަށްވުރެ ގިނަ ކިޔުންތެރިން ކޮންމެ މަހަކު ބެންކޮކް ޕޯސްޓްކިޔައެވެ.

ބެންކޮކް ޕޯސްޓާއެކު ކުރިއަށްގެންދާ މި ކެމްޕޭންގެ ސަބަބުން ތައިލެންޑްގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ތައިލެންޑްއަކީ ސީ ރީޖަންގެ މުހިންމު މާކެޓެކެވެ. ސީ މާކެޓް ނުވަތަ ދެކުނު އިރުމަތީ އޭޝިއާ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓްރެޓެޖީއާ ގުޅޭ މާކެޓެކެވެ.

2023 ވަނަ އަހަރު އެމްއެމްޕީއާރުސީން ތައިލެންޑް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާފައި ވެއެވެ. އަދި އިތުރު ގިނަ ހަރަކާތްތައް ހިންގުމަށް ރާވާފައިވެއެވެ. ނިމިފައިވާ ހަރަކާތްތަކުގެ ތެރޭގައި މާޓާ 2023 އަދި އެޑެކްސް އޯޝަން މިޝަން 2023 ފަދަ މުހިންމު ފެއަރތަކުގައި ބައިވެރިވެ، ރާއްޖެ ޕްރޮމޯޓް ކުރުން ފާހަގަކުރެވެއެވެ.

މި އަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ކެމްޕޭނެއް ހިންގުމާއ،ި ދެކުނު އިރުމަތީ އޭޝިއާގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމާއ،ި ނާޓާސް ހޮލިޑޭސް 2023 އަދި އައިޓީބީ އޭޝިއާ 2023 ގައި ބައިވެރިވުން ހިމެނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް