ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 17:12
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، އުތުރަށް ވައިޓް އެލާޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރޭ

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް, ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހަވީރު 4ން ފެށިގެން ރޭގަނޑު 10 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ, ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ވައިޓް އެލާޓް ނެރެފައެވެ. މިސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހޯމަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް