Advertisement
ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 07:47
މޭޖަރ ޖެނެރަލް ޝަމާލް އާއި އިނގިރޭސިވިލާތުގެ ޑިފެންސް އެޑްވައިޒަރ ކަރނަލް ޑެރެން ވުޑްސް ބައްދަލުކުރެއްވުން
މޭޖަރ ޖެނެރަލް ޝަމާލް އާއި އިނގިރޭސިވިލާތުގެ ޑިފެންސް އެޑްވައިޒަރ ކަރނަލް ޑެރެން ވުޑްސް ބައްދަލުކުރެއްވުން
ރާއްޖެ - އިނގިރޭސިވިލާތް
ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް އާއި އިނގިރޭސިވިލާތުގެ ޑިފެންސް އެޑްވައިޒަރު ކަރނަލް ޑެރެން ވުޑްސް ބައްދަލުކުރައްވައިފި
ދެ ގައުމުން ގުޅިގެން ދިފާއީ ގޮތުން މަސައްކަތް ކުރާނެ ކަމަށް ވެސް ޝަމާލް ވިދާޅުވި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އިނގިރޭސިވިލާތުގެ ޑިފެންސް އެޑްވައިޒަރ ކަރނަލް ޑެރެން ވުޑްސް ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި މޭޖަރ ޖެނެރަލް ޝަމާލް ވަނީ އިނގިރޭސިވިލާތުގެ ޑިފެންސް އެޑްވައިޒަރ ކަރނަލް ޑެރެން ވުޑްސް އަށް ވަރަށް ހޫނު މަރުޚަބާ އެއް ވިދާޅުވެފައެވެ.

Advertisement

އެ ޓްވީޓުގައި އެ ބައްދަލުކުރެއްވުމުގެ ފޮޓޯތައް ވަނީ ހިއްސާކުރައްވާފައެވެ.

މޭޖަރ ޖެނެރަލް ޝަމާލް ވަނީ ކަރނަލް ޑެރެން ވުޑްސްއާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާފައެވެ.

އަދި ދެ ބޭފުޅުން ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ގައުމުން ގުޅިގެން ދިފާއީ ގޮތުން މަސައްކަތް ކުރާނެ ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް