ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 18:48
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ
ރާއްޖެއެމްވީ
ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުން
ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ
މި ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް
ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވީ ބުރާސްފަތި ދުވަހު

ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ހެނދުނު 9:00ށް ވަނީ ތާވަލުކޮށްފައިވާއިރު، މި ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ. އެ ސިޓީގައި، މަޖިލީހުގެ ދައުރު ނިންމާލިއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރިކަމަަށާއި، މަޖިލީހުގެ ކޮމިޓީތައް ހިންގުން ހުއްޓިފައި އޮތުމުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން 22 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މަޖިލީހުގެ އެޖެންޑާގައި ހިމެނުމަަަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ހިމަނާފައި ނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ ދިނުމަށް އެދިފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަަށުންނެވެ. އެގޮތުން އެ ސިޓީގައި 3 ކަމަކަށް އެދިފައިވެއެވެ. އެއީ

1. މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

2. މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

3. މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ތެރޭގައި އެ ޖަލްސާތައް ބޭއްވުން ލާޒިމްކުރެއެވެ. އެ 14 ދުވަސް ހަމަވާނީ ޖުލައި މަހުގެ 6 ވަނަ ދުވަހަށެވެ.

މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުންް ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ (1/3) ތިންބައިކުޅައެއްބައި މެމްބަރުން (ސަބަބު ބަޔާންކޮށް) ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަންވާނެ ކަމަށެވެ. އެގޮތުން އެ ހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވޭނެ ގޮތެއް ހަމަޖައްސައި، އެ ޖަލްސާ ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް ވަނީ ބުނެފައެވެ. އެ މާއްދާގެ ބޭނުމަށް (14) ސާދަ ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށްވެސް އެ މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް