ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 19:00
ލި-ނިންގް މުބާރާތުގެ ތެރެއިން
ލި-ނިންގް މުބާރާތުގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ބެޑްމިންޓަން މުބާރާތް
49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ފަށައިފި
މި އަހަރުގެ މުބާރާތުގައި ޖުމްލަ 97 ކުޅުންތެރިން ވާދަކުރޭ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ހޮނިހިރު ދުވަހު ހަވީރު ފަށައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 97 ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ ފިރިހެން 67 ކުޅުންތެރިންނާއި އަންހެން 27 ކުޅުންތެރިންނެވެ. ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ކުރިޔަށްދާނީ ފިރިހެން ސިންގަލްސް އަދި ޑަބަލްސްއާއި އަންހެން ސިންގަލްސް އަދި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސްގެ ބައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުރިޔަށްގެންގޮސްފައި ވަނީ ދެވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް އަދި ސިންގަލްސްގެ މެޗުތަކެވެ. އޭގެތެރޭގައި 64 ކުޅުންތެރިންގެ ރައުންޑާއި 32 ކުޅުންތެރިންގެ ރައުންޑް ހިމެނެއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ އެކުވެނީގައި ހުންނަ ބެޑްމިންޓަން ހޯލުގައެވެ.

މިއަހަރުގެ ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންްޓަން އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން ވަނީ މިދިޔަ ޖޫން މަހު ލި-ނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

- ކޮމެންޓް