Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 17:50
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ރައީސް ނަޝީދުގެ އެޑްވައިޒަރު، ޢަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ރައީސް ނަޝީދުގެ އެޑްވައިޒަރު، ޢަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
މެމްބަރުންގެ ގޮނޑި ގެއްލުން
ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު
ބިރުނުގަތުމަށާއި ޤައުމު ހަމަމަގަށް އަޅުވަން ސާބިތުވެ ތިއްބެވުމަށް ވިދާޅުވި

.ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ

ޖާބިރު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ޓުވީޓުގައި ޖާބިރު ވިދާޅުވީ ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށާއި ބިރުނުގަތުމަށާއި ޤައުމު ހަމަ މަގަށް އަޅުވަން ސާބިތުވެ ތިއްބެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް ކުއްލިގޮތަކަށް އެ ކޯޓުގައި މިއަދު ތާވަލް ކޮށްފިއެވެ.

އެކި ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް މި މައްސަލައަށް ތަދައްޚުލް ވެވަޑައިގަތުމަށް މިހާތަނަށް 31 މެންބަރަކު ފޯމު ހުށަހަޅާފައިވާކަން އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ އާއި ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުލް އަލީމް އާދަމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި މައްސަލައަށް ތަދައްޚުލް ވުމަށް، މެންބަރުންގެ އިތުރުން ބައެއް ލޯ ފަރމް ތަކުންވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދާއި މައުމޫން ހަމީދު ހިމެނޭ ގޮތަށް ގާނޫނީ ވަކީލުންތަކެއް ވަނީ މި މައްސަލައަށް ތަދައްޚުލް ވެވަޑައިގެންފައެވެ.

ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެއީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް