Advertisement
ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 11:42
އިންޑޯ-މޯލްޑިވްސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް އެކުވެރިން
އިންޑޯ-މޯލްޑިވްސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް އެކުވެރިން
އެމްއެންޑީއެފް
އިންޑޯ-މޯލްޑިވްސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް
އިންޑޯ-މޯލްޑިވްސް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް "އެކުވެރިން" ނިންމާލައިފި
އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 11 އިން 24ށް

އިންޑިއާ އަސްކަރިއްޔާއާއި ދިވެހި ޤައުމީ ދިފާޢީ ބާރު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު "އެކްސް އެކުވެރިން" ގެ 12 ވަނަ އެޑިޝަން ނިންމާލައިފިއެވެ.

މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 11 އިން 24ށް އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރަކަންދުގެ ޗައުބަޓިއާގައެވެ.

14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްގައި އިންޑިއާގެ އަސްކަރިއްޔާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްލެޓޫން ސްޓްރެންތް ކޮންޓިންޖެންޓެއް ވަނީ ބައިވެރިވެފައެވެ.

މިއީ އިންޑިއާ އާއި ރާއްޖޭގައި އޮލްޓަނޭޓިވްކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އެކްސަސައިޒެކެވެ.

Advertisement

މި އެކްސަސައިޒަކީ އދ.ގެ މެންޑޭޓްގެ ދަށުން ކައުންޓަރ އިންސަރޖެންސީ/ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްގައި އިންޓަރއޮޕަރަބިލިޓީ އިތުރުކޮށް، ޖޮއިންޓް ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް އޮޕަރޭޝަންތައް ހިންގުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގެ 11 ވަނަ އެޑިޝަން ރާއްޖޭގައި ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ހަރަކާތުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އިންޑިއާއާއި ރާއްޖެއަކީ އިޤްތިޞާދީ، ޘަޤާފީ އަދި އަސްކަރީ ދާއިރާއިން ވަރަށް ގާތް އަދި އެކުވެރި ގުޅުމެއް އޮންނަ ޤައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް