Advertisement
ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 18:20
އަމީނީ މަގު ގެ މަޝްރޫއުގެ ތެރެއިން
އަމީނީ މަގު ގެ މަޝްރޫއުގެ ތެރެއިން
އިދުހާމް ނަޢީމް
އަމީނީމަގުން ނެގި ގަސްތައް
އަމީނީމަގުން ނެގި ގަސްތައް ނައްތައެއް ނުލާ: މޫކޭ
އަމީނީމަގުގައި މިހާތަނަށް 45 ގަސް ޖަހާފައިވޭ

އަމީނީމަގުން ނެގި ގަސްތައް ނައްތާ ނުލާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން)ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މޫކޭ ވިދާޅުވީ މަގު ހެދުމުގައި ގަސް ނުނަގާ ވާނެނަމަ ގަސް ނުނަގާނެ ކަމަށާއި ގަސް ނެގުމަކީ ކުރިމަތިވި ހާލަތެއް ކަމަށެވެ.

އަމީނީމަގުން ނެގި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ނުވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. ސަބަބަކީ އެތަނުން ނެގި ގަހުގެ އެއްބައި ކުޑަގިރީގައި އަދި އަނެއްބައި ހުޅުމާލޭގައި އިންދާފައިވާތީ ކަމަށެވެ.

އަމީނީމަގުގައި މިހާތަނަށް 45 ގަސް ޖަހާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މަސައްކަތަށް ރަނގަޅު ގޮތުގައި ފާޑުވިދާޅުވުމަކީ އެދޭކަމެއް ކަމަށް މޫކޭ ވިދާޅުވިއެވެ.

Advertisement

އަމީނީމަގުގެ މަސައްކަތް ނިމޭއިރު، އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެންހުރި ތަންތަނުގައި ގަސް އިންދާނެކަމަށާއި، އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކާ "ޓްރީޕިޓް" ބެހެއްޓިގެންދާނެކަމަށްވެސް އެކުންފުނިން ބުންޏެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މަގުގެ މަސައްކަތް އެއްކޮށް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އާރްޑީސީން ބުނެއެވެ.

އަމީނީމަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅީ އެމްޓީސީސީންނެވެ. އެއީ ބްރިޖާ ހިސާބުން ސްޓެލްކޯ އިމާރާތާ ހަމައަށެވެ. މާރޗު މަހު އެތަން ހުޅުވާލިއިރު އަމީނީ މަގުގެ ބާކީ ބައިގައި ތާރުއަޅާނީ އާރްޑީސީންނެވެ.

މި މަޝްރޫޢުގެ ދަށުން މުޅި އަމީނީމަގު ތާރު އަޅައިގެން ތަރައްޤީކުރެވިގެންދާއިރު، މިހާރަށްވުރެ ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި ދުވާރުގައި ބުރައިލް ބްލޮކްސް ޖެހުމާއި، ވީލްޗެއާ އެކްސަސް ހެދުމާ، މަގުގައި ބަސް ހުއްޓިތަކާ ޕާކިން ޒޯންތަށް ހެދިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް