ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 07:37
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ހަވަރު ޓީމުގެ އިބާ
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ހަވަރު ޓީމުގެ އިބާ
އެފްޑީއެސް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ސީދާ ތިން ސެޓުން އިންފިނިޓީ ބަލިކޮށް، ހަވަރު ފައިނަލަށް
ހަވަރު ފައިނަލަށް ދިޔައީ ތިން މެޗުން ހަތް ޕޮއިންޓާއެކު، އެއްވަނާގައި

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ވޮލީ ބޯޅަ މުބާރާތުގައި އިންފިނިޓީ ބަލިކޮށް، ހަވަރު ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗު ހަވަރު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި ހަވަރުގެ ދެވަނަ މޮޅެވެ. ހަވަރުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. ހަވަރުން އިންފިނިޓީގެ މައްޗަށް ކުރިހޯދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަވަރުގެ އިބާ އަބްދުﷲއެވެ. ހަވަރުން މަންތިރި ޓީމު ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އިބާއެވެ.

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ނިމޭއިރު، އެއްވަނަ ޓީމާއި ދެވަނަ ޓީމަށެވެ. އެއްވަނާގައި ހަވަރު ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައެވެ. އެއީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނާގައި ގާފިލާ އޮތީ، ދެ މެޗުން ފަސް ޕޮއިންޓާއެކުއެވެ. ތިންވަނާގައި މަންތިރިއަށް ހަތަރު ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް އިންފިނިޓީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. ލީގު ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ގާފިލާއާއި މަންތިރިއެވެ. ފައިނަލްގެ ޖާގައެއް ބޭނުންވާނަމަ، މަންތިރިއަށް މެޗުން ތިން ޕޮއިންޓު ބޭނުންވާނެއެވެ. ނަމަވެސް، ޕޮއިންޓެއް ހޯދައިގެންވެސް ގާފިލާއަށް ފައިނަލަށް ދަތުރުކުރެވޭނެއެވެ.

މިއީ އެފްޑީއެސްއިން އެ ޖަމިއްޔާގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ބޮޑު އީދާ ދިމާކޮށް، ފިރިހެނުންގެ ވޮލީ މުބާރާތެއް ބޭއްވުމަށްވެސް އެ ޖަމިއްޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް