Advertisement
ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 07:25
ފެމިލީ ކޯޓު
ފެމިލީ ކޯޓު
ޓްވިޓަރ
ރީތި ތާރީޚުތަކުގައި ކައިވެނިކުރުން
ޖޫން 22 އަދި 23ގައި 87 ކައިވެނި
ޖޫން މަހުގެ 22 ވަނަ ދުވަހު 44 ކައިވެނި ކޮށްފައިވޭ
ޖޫން 23 ވަނަ ދުވަހު 43 ކައިވެނި ކޮށްފައިވޭ

ޖޫން 22 އަދި 23ގައި މާލޭގައި 87 ކައިވެނި ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނީ ޖޫން މަހުގެ 22 ވަނަ ދުވަހު 44 ކައިވެނި ކޮށްފައިވާކަމަށެވެ. އެއީ ރަސްމީ ގަޑީގައި 27 ކައިވެނި އަދި ނުރަސްމީ ގަޑީގައި 17 ކައިވެންޏެވެ.

އަދި، ޖޫން 23 ވަނަ ދުވަހު 43 ކައިވެނި ކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

Advertisement

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން، ކޯޓުގައި ކައިވެނި ކޮށެއްނުދެއެވެ. އެގޮތުން މިފަދަ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 04:00ން ރޭގަނޑު 09:30އާ ހަމައަށެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ނިމިދިޔަ މޭ މަހު އެ ކޯޓުން 185 ކައިވެނި ކޮށްދީފައިވެއެވެ. އަދި 132 ވަރި ކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް