ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ.
ހުކުރު ދުވަހު މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާއިރު ހޮނިހިރު ދުވަހު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ހުކުރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ހޮނިހިރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.