ކ. މާލެ
|
21 ޖޫން 2023 | ބުދަ 06:26
ކްރިސްޓޮފާ އެންކުންކޫ
ކްރިސްޓޮފާ އެންކުންކޫ
ރޮއިޓާސް
ޗެލްސީ
ކްރިސްޓޮފާ އެންކުންކޫ ޗެލްސީއަށް
އެންކުންކޫ ސޮއިކުރީ 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

އާރްބީ ލައިޕްޒިގްގެ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ ގެނައުމުގެ މަސައްކަތް ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ކުޅުންތެރިޔާ ޖަރުމަނު ލީގުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު ޗެލްސީ އާއެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިކަމަށް އަންގާރަ ދުވަހު ޗެލްސީ އިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އެންކުންކޫ ބުނީ ފްރެންޗް ލީގާއި ޖަރުމަނު ލީގުގައި ކުޅުމަށްފަހު މިހާރު ބޭނުމީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގު ކަމަށްވާ ޕްރިމިއަރ ލީގުގައި ކުޅެން ކަމަށެވެ.

ޖަރުމަނުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫ ވަނީ 2022-23 ވަނަ ސީޒަނުގައި ޖަރުމަނު ލީގުގެ މޮޅު ކުޅުންތެރިޔާ އަދި ޖަރުމަނުގެ ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ ވަނީ އެ ޓީމަށް ޖެހިޖެހިގެން ޖަރުމަން ކަޕް ކާމިޔާބުކޮށްދީ، މިދިޔަ ސީޒަނުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވުމަށްފަހު އެ ޓީމުން ދަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވިސްނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް