ކ. މާލެ
|
21 ޖޫން 2023 | ބުދަ 06:58
ގާފިލާ އާއި ހަވަރު ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާ ޝިފާ އާދަމް
ގާފިލާ އާއި ހަވަރު ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާ ޝިފާ އާދަމް
އެފްޑީއެސް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް 2023
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ވާދަވެރި ކުޅުމަކަށްފަހު ގާފިލާ އިން ހަވަރު ބަލިކޮށްފި
އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ގާފިލާ އިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު ދެ ސެޓުން

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ދެ ވަނަ މެޗުގައި ހަވަރު ބަލިކޮށް ގާފިލާ އިން އެ ޓީމުގެ ފެށުން ވެސް ރަނގަޅުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ގާފިލާ އިން ކާމިޔާބުކޮށްފައި ވަނީ ތިން ސެޓު ދެ ސެޓުންނެވެ. ވާދަވެރި މެޗުގެ ފުރަތަމަ ސެޓު 25-19 އިން ކާމިޔާބު ކުރީ ހަވަރު އެވެ. ނަމަވެސް ގާފިލާ އިން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓު ހަވަރުން ކާމިޔާބު ކުރީ ވެސް 25-17 އިންނެވެ. ހަތަރު ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ފަހު ވަގުތު 23-25 އިން ކުރި ހޯދައިގެން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ ގާފިލާ އެވެ. ސެޓުގެ ގޮތުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެެރުމަށް ވަނީ ފަސް ވަނަ ސެޓު ކުޅެފަ އެވެ. މި ސެޓު ގާފިލާ އިން ކާމިޔާބު ކޮށްފައި ވަނީ 11-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާފިލާ ޓީމުގެ ޝިފާ އާދަމް އެވެ.

މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު އޮންނާނީ މަންތިރި އާއި ހަވަރު ބައްދަލު ކުރާ މެޗެވެ. މަންތިރިން ވަނީ އެ ޓީމު ކުޅުނު ފުރަތަަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު، ޕޮއިންޓު ތާވަލްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމަށެވެ.

މިއީ އެފްޑީއެސް އިން އެ ޖަމިއްޔާގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ޢަޟްޙާ އީދާ ދިމާކޮށް، ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

- ކޮމެންޓް