ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 20:05
ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫތު މިނިސްޓްރީ
ފައިވް ނޭޝަންސް ކަޕް
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް
 
ދެވަނަ ސެމީގައި ކުޅޭނީ ބޫޓާނާއި ނޭޕާލް

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕާކިސްތާން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ބަންގްލަދޭޝްއިން ހޯދައިފިއެވެ.

ބަންގްލަޝްއިން ޕާކިސްތާނުގެ މައްޗަށް ކުރިހޯދާފައިވަނީ 79-65ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ބަންގްލަދޭޝްއިން ވަނީ އަށް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ދެވަނަ ކުއާޓަރ ނިމުނުއިރު ޕާކިސްތާނުން ވަނީ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ކުއާޓަރ ނިމުނުއިރު ބަންގްލަދޭޝްއިން 40 ޕޮއިންޓު ހޯދާފައިވާއިރު، ޕާކިސްތާނަށް ލިބުނީ 36 ޕޮއިންޓެވެ.

ބަންގްލަދޭޝް ޓީމުގެ ފަރާތުން ޑިފެންސިވް އެންމެ މޮޅު ކުޅުން ފެނުނީ ތިންވަނަ ކުއާޓަރުގައެވެ. މި ކުއާޓަރުގައި ބަންގްލަދޭޝްއިން 24 ޕޮއިންޓް ސްކޯރކޮށްފައިވާއިރު ޕާކިސްތާނަށް ހޯދުނީ އެންމެ 11 ޕޮއިންޓެވެ. ބަންގްލަދޭޝްއިން އެ ކުއާޓަރ ނިންމާލީ 17 ޕޮއިންޓުގެ ފަރަގަކާއެކުއެވެ. ބޮޑު ފަރަގަކާއެކު ހަތަރުވަނަ ކުއާޓަރ ފެށިއިރު، ޕާކިސްތާނަށް އެ ފަރަގު ކުޑަކުރެވުނީ 14 ޕޮއިންޓަށެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ބަންގްލަދޭޝްގެ ޖަރޒީ ނަންބަރު 12، މިތުން ކުމާރެވެ. އޭނާ ވަނީ އެ ޓީމަށް 31 ޕޮއިންޓު ސްކޯރކޮށްދީފައެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ބަންގްލަދޭޝްއިން ހޯދާފައިވާއިރު، ދެވަނަ ސެމީގައި ކުޅޭނީ ބޫޓާނާއި ނޭޕާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް