Advertisement
ކ. މާލެ
|
19 ޖޫން 2023 | ހޯމަ 13:33
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
ރައްޔިތުންގެ މަޖިލިސް
ފިއްލަވައިގެން އުޅުއްވުމަކީ ކުރެވޭ ވައްކަމެއް
މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ފިއްލަވައިގެން އުޅުއްވުމަކީ ކުރެވޭ ވަރަށް ބޮޑު ވައްކަމެއް: މެންބަރު ޝިފާއު
އަބަދުވެސް މި ބޭފުޅުންނަށް ވައްކަމުގެ ތަފާތު މައްސަލަތަކުގެ ތުހުމަތު ކުރެވޭ
ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ
މެޖޯރިޓީ ބަދަލުނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ފިއްލަވައިގެން އުޅުއްވުމަކީ ކުރެވޭ ވަރަށް ބޮޑު ވައްކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ މަޖިލީހުގެ 50ށް ވުރެ ގިނަ މެންބަރުން ސޮއިކޮށް އިތުރުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުން ފިއްލެވުމަކީ ކުރެވޭ ވަރަށް ބޮޑު ވައްކަމެއް ކަމަށެވެ. އަދި އަބަދުވެސް މި ބޭފުޅުންނަށް ވައްކަމުގެ ތަފާތު މައްސަލަތަކުގެ ތުހުމަތު ކުރެވޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

Advertisement

ޑިމޮކްރަސީއަށް އިޝާރަތް ކުރައްވައި ޝިފާއު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭން ނިންމި ނަމަވެސް އެކަން ބަލައިނުގަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި، އެއީ މީގެ ކުރިން އެބޭފުޅުން ވެސް އެންމެ ހަރުއަޑުން ދައްކަމުން އައި ވާހަކަތައް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ނަމުގައި ވައްކަން ނުކުރެވިގެން ވަކިވެގެންދިޔަ ބޭފުޅުންނަށް އަބަދުވެސް ހީވާނީ ވައްކަމުގެ ކަންކަމުގައި އުޅޭހެން. އެބޭފުޅުންނަކީ ވައްކަން ކޮށްކޮށް ކަށީގައި ހިިފާ އެކަމުން ސަލާމަތް ނުވެވޭ މިންވަރަށް އެކަންކުރަން ބޭނުންވާ ބައެއް. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިތުބާރު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ 50ށް ވުރެ ގިނަ މެންބަރުން ސޮއިކޮށް މިތަނަށް ލީމަ އެއަށް ފިލަން ދިއުމަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ. މަޖިލީހުގެ މެޖޯރިޓީއަށް ފިލަން އުޅެނީ ދުވުމަކީ ވައްކަން. މި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާނުކޮށް ޗުއްޓީއަށް ނުދެވޭނެ. ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަކަށް ނުފިލޭނެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެޖޯރިޓީ ބަދަލުނުކުރެވޭނެ ކަމަށާއި، މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ދަ ޑިމޮކްރެޓްސް އަދި ޕާޓީއަކަށް ނުވާ ކަމަށާއި، ޕާޓީއަކަށް ހެދިގެން މުޅި މަޖިލިސް ހިސޯރުކޮށްގެން އުޅުއްވާ އުޅުއްވުމަކީ ދިވެހި ރައްޔިތުން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ އާދިއްތަ ދުވަހު ވެސް ދަ ޑިމޮކްރެޓްސް މެންބަރުން އިލެކްޝަން ކޮމިޝަނަށް ވަދެ، ހިސޯރުކުރި ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް