ފަސް ޤައުމު ވާދަކުރާ ފައިވް ނޭޝަންސް ކަޕްގައި މޮޅެއް ނުލިބި ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް މުބާރާތް ނިންމާލައިފިއެވެ.
ލީގު ބުރުގެ ފަހު މެޗުގައި އާދިއްތަ ދުވަހުގެރޭ ނޭޕާލާ ދެކޮޅަށް ނުކުތްއިރު ވެސް ރާއްޖެ އޮތީ ކަޓާފައެވެ. ނޭޕާލް އަތުން ފަހު މެޗުގައި ރާއްޖެ ބަލިވީ 17 ޕޮއިންޓުގެ ތަފާތަކުންނެވެ. މެޗުގެ ފަހު ކްއާޓާގެ މެދާހަމައަށް ދިޔައިރު ވެސް ބޮޑު ފަރަގެއް އޮތެވެ. ފަރަގު 17 ޕޮއިންޓަށް ކުޑަވީ ފަހު ކްއާޓާގެ ފަހު ބައިގައި ރާއްޖެއިން އިތުބާރާއެކު ކުޅެ ހޯދި ޕޮއިންޓުތަކުންނެވެ. މުޅި މުބާރާތުގައި ވެސް ރާއްޖެއިން އެންމެ މޮޅަށް ކުޅެފައިވަނީ މެޗުގެ ފަހު ބައިގައެވެ.
މުބާރާތުގެ ސެމީފައިނަލަށް ނުގޮސް ކެޓީ ހަމައެކަނި ރާއްޖެއެވެ. ސެމީފައިނަލްގައި ނޭޕާލް ވާދަކުރަން ޖެހޭނީ ބޫޓާނާއެވެ. ލީގު ބުރުން އެއްވަނަ ހޯދީ ތިން މެޗުން މޮޅުވެ ނޭޕާލެވެ. ސެމީފައިނަލްގައި ބަނގްލަދޭޝްއާ ވާދަކުރާނީ ޕާކިސްތާނެވެ. ޕާކިސްތާން ވެސް ވަނީ ލީގު ބުރުގައި ތިން މެޗުން މޮޅުވެފައެވެ. ސެމީ ފައިނަލް ދެ މެޗު ކުޅޭނީ އަންގާރަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރެއެވެ.